logo
Bank of Maldives

Bank of Maldives

ދުނިޔެ

މެލޭޝިޔާގައި ފެންބޮޑުވެ ތިން މީހަކު މަރުވެއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
30 ނޮވެމްބަރު 2024 - 04:26
މެލޭޝިއާގެ ސެލަންގޯރުގެ ހުލޫ ލަންގަޓްގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުން ސަލާމަތްކުރަނީ--- ފޮޓޯ/ސީއެންއެން
މެލޭޝިއާގެ ސެލަންގޯރުގެ ހުލޫ ލަންގަޓްގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުން ސަލާމަތްކުރަނީ--- ފޮޓޯ/ސީއެންއެން

މެލޭޝިޔާގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ.

ވިއްސާރަ މޫސުމާ ގުޅިގެން މެލޭޝިޔާގެ ގިނަ ސްޓޭޓްތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުންދާއިރު، އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވެ، ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

90،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާއިރު، ނޭޝަނަލް ޑިޒާސްޓާ ކޮމާންޑް ސެންޓަރުން ހުކުރު ދުވަހު ބުނީ ނުވަ ސްޓޭޓެއްގެ 28،000 އަށް ވުރެ ގިނަ އާއިލާގެ މީހުން ވަގުތީ ހިޔާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ކެލަންޓަން ސްޓޭޓަށްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ވަނީ 467 ވަގުތީ ހިޔާއެއް ހަމަޖައްސާފައެވެ. ކެލަންތާނާ އިންވެގެން އޮތް ތެރެންގާނޫގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށާއި، އެ ސްޓޭޓުން ވެސް ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި ކާރިސާތަކާ ބެހޭ މަރުކަޒުން ބުންޏެވެ. މީގެ އިތުރުން ކެޑަހް، ޕަރްލިސް، ޖޮހޯ އަދި ޕޭރާކުގެ ބޮޑު ސަރަޙައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު އަޙްމަދު ޒާހިދު ޙަމީދީ ވިދާޅުވީ، 2014ވަނަ އަހަރު އެ ޤައުމުގެ ސަރަޙައްދުތަކަށް ކުރި ވިއްސާރައާ ގުޅިގެން ކުރިމަތިވި ހާލަތަށް ވުރެ ނުރައްކާތެރި ހާލަތެއް މި އަހަރު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމުގައެވެ. އެ އަހަރު ފެންބޮޑުވުމާ ގުޅިގެން 250,000އަށްވުރެ ގިނަ މީހުންގެ ގެދޮރަށް ފެންވަދެ، ހާލުގައި ޖެހުނެވެ. އަދި، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.

މެލޭޝިޔާގެ އިރުމަތީ ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، އެ ސަރަޙައްދުތަކުގައި ރޭލު ދަތުރުފަތުރުގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑައިލާފައެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، އެ ސަރަޙައްދުތަކަށް ވިއްސާރަ އަލިވާނެ ކަަަމަށް ބެލެވެނީ ނޮވެންބަރު 29ވަނަ ދުވަހުގެ ފަހުން ކަމުގައެވެ. ނަމަވެސް، ޑިސެންބަރު 1ވަނަ ދުވަހާ ޖެހެންދެން އިރުމަތީ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ކުރިއެވެ.

ވިއްސާރަ މޫސުމުގައި، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން މެލޭޝިޔާގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމަކީ ޢާންމު ކަމެކެވެ. ފެންބޮޑުވުމާ ގުޅިގެން ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔެއްގެ ގެދޮރަށް ގެއްލުންވެ، ހާލުގައި ޖެހެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިޔާގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީދުނިޔެ | 3 މަސް ކުރިންމެލޭޝިޔާގައި ފެންބޮޑުވެ ތިން މީހަކު މަރުވެއްޖެދުނިޔެ | އަހަރެއް ކުރިންމެލޭޝިޔާގެ ބައެއް ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓްދެނީ ޚަބަރު | އަހަރެއް ކުރިން