logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯއިން ކުރިޔަށްގެންދާ 'ޗާލު ވެށި – މަގޭ ޒިންމާ' ޙަރަކާތް މިއަދު ފަށައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
30 ނޮވެމްބަރު 2024 - 07:28
 މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް"ޗާލު ވެށި – މަގޭ ޒިންމާ"ގައި ބައިވެރިވަޑައިގަންނަވަނީ---- ފޮޓޯ/ސްޓެލްކޯ
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް"ޗާލު ވެށި – މަގޭ ޒިންމާ"ގައި ބައިވެރިވަޑައިގަންނަވަނީ---- ފޮޓޯ/ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު "ޗާލު ވެށި – މަގޭ ޒިންމާ" ނަމުގައި ޚާއްޞަ ޙަރަކާތެއް ފަށައިފިއެވެ.

މި ޙަރަކާތުގެތެރެއިން، ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބަލަހައްޓަން ފަށާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ ޑރ. އާދަމް ޢާޒިމް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ފަހުމީއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ސްޓެލްކޯގެ މައި އޮފީހުގައެވެ.

View post on Twitter

ސްޓެލްކޯ އިން އެކްސްގަ ކުރި ޕޯސްޓްއެގްއި ބުނީ "ޗާލު ވެށި – މަގޭ ޒިންމާ" ޙަރަކާތުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުން ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ސާފުކުރާނެ ކަމަށެވެ. އަދި މި ޙަރަކާތުގެ ސަބަބުން މާލޭގެ މަގުތަކުގެ ސާފުތާހިރުކަން އިތުރުވާނެކަމަށް އުންމީދުކުރާކަންވެސް ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިޒާމް ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފިޚަބަރު | 2 ދުވަސް ކުރިންޓެކްނިކަލް މައްސަލައެއްގައި ކަރަންޓް ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންކުންފުނިތަކުގެ އިންސާނީ ވަސީލަތް ކުރިއަރުވަން ސްޓެލްކޯއިން ފޯރަމެއް ބާއްވައިފިޚަބަރު | މަހެއް ކުރިންސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ޕޮލިޓެކްނިކް އިން ގެ ކޯސްތަކެއް ފަށައިފިޚަބަރު | މަހެއް ކުރިން