logo
ޚަބަރު

ޤައުމިއްޔަތު ކޮލެޖުގެ ފުރަތަމަ މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޑިސެމްބަރު 2024 - 02:50
ޤައުމިއްޔަތު ކޮލެޖުގެ ފުރަތަމަ މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފި

ޤައުމިއްޔަތު ކޮލެޖުން ބޭއްވި ފުރަތަމަ މަހާސިންތާ ނުވަތަ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ ނިންމާލައިފިއެވެ.

އެއްދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށް ގެންދިޔަ މިމަހާސިންތާ ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހާސިންތާ ކުރިއަށް ގެންދިޔައީ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ޝިއާރުގެ ދަށުންނެވެ.

ތިން ދަންފަޅިއަކަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ވަނީ ޢިލްމީ 9 ކަރުދާހެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވެ، ތަރައްޤީ ވެގެން އައި ގޮތާބެހޭ ދިރާސާތަކާއި ދިވެހިބަހާއި ސަގާފަތުގެ އިތުރުން އިހުގެ އިސްލާމީ ފަރުމާތަކާބެހޭ ދިރާސީ ހުށައެޅުންތައް ހިމެނެއެވެ. އަދި ދިވެހިރާއްޖެ އުފެދިފައިވާގޮތުގެ ޢިލްމީ ކަރުދާސްތައްވެސް މަހާސިންތާގެ ބައިވެރިންނާ ޙިއްސާކޮށްފައިވެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފައި ވަނީ މި ސިލްސިލާ މަހާސިންތާތަކުގެ ބޭނުމަކީ ދިވެހިވަންތަކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި ޢިލްމު ހިއްސާކުރުމުގެ ޕްލެޓްފޯމެއް ޤާއިމްކޮށްދިނުންކަމަށެވެ. އަދި ދިވެހިންގެ ރަށްވެހިކަމާއި ވަޒަންވެރިކަމަށް މަގުފަހިވާނެ ވިސްނުމާއި ޢިލްމުތައް ރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުމަކީވެސް މި މަހާސިންތާގެ އެއް ބޭނުންކަމަށް ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަހާސިންތާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ދެއްކެވި ވާހަކަފުޅުގައި މި މަހާސިންތާ އަކީ ދިވެހީންގެ ޤައުމިއްޔަތާ އަމިއްލަވަންތަކަން ރައްކާތެރިކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ، އަދި އީޖާބީ ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ޤައުމިއްޔަތާ ގުޅުންހުރި، އަދި ދިވެހީންގެ އަމިއްލަވަންތަކަމާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާތަކަކުން މަޢުލޫމާތު ހުށަހެޅި ޢިލްމީ މަޝްވަރާތަކެއް ކުރެވި އައު އީޖާދީ ވިސްނުންތަކެއް މި މަހާސިންތާއިން ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކަޅުއޮށްފުންމި ދަރުބާރަކީ ދިވެހީންގެ އެއްބައިވަންތަކަމާއި ދެމިތިބުމާމެދު ވިސްނައި، ފިކުރުކުރުމުގެ ބައްދަލުވުމެކެވެ. އަދި އެއީ ދިވެހިވަންތަކަމުގެ ބަހާތަކުގެ ފަންނީ، ޢިލްމީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އާލާކުރުމުގެ ހަފުލާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންރަސްމިއްޔާތު ތަކުގައި ބޭނުން ކުރުމަށް 10،000 ދިދައާއި ދިދަ ދަނޑި ހޯދަނީ ޚަބަރު | 3 މަސް ކުރިންޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުން މިފަހަރު އޮތީ 3 ރަށެއްގައި ޚަބަރު | 4 މަސް ކުރިންކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރަން އާރުޑީސީ އަށްޚަބަރު | 6 މަސް ކުރިން