logo
Bank of Maldives

Bank of Maldives

ޚަބަރު

ވެލި ބޭނުންނުކުރަން އެދުނީ ލިންކް ރޯޑަށް ބޭނުންވެދާނެތީ: މިނިސްޓަރ މުއްތަލިބް

އާމިނަތު ޝަފާ
1 ޑިސެމްބަރު 2024 - 04:26
ވެލި ބޭނުންނުކުރަން އެދުނީ ލިންކް ރޯޑަށް ބޭނުންވެދާނެތީ: މިނިސްޓަރ މުއްތަލިބް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ހުއްދަނެތި ބޭނުން ނުކުރަން އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ ޢަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީއާއި، އައްޑޫ އަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށްނުވާތީކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހިތްހަމަ ނުޖެހުން ފާޅުކޮށް، ހަމަ އާއި އުސޫލުން ބޭރުން އަންގާ އެންގުމަކަށް އަމަލު ނުކުރާނެ ކަމަށް ވިދާޅުވެ ކުރެއްވި އެކްސް ]ޕޯސްޓަކަށް ދެއްވި ރައްދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން މޭޔަރު ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި ، އަބުރާ ނެގުމަށްފަހު ރައްޔިތުންގެ ބޭނުންތަކަށް އެވެލި ބޭނުންކުރުމަށް ކައުންސިލްއިން މަސައްކަތް ކުރަމުން ދަނިކޮށް ، ކުރިން އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންޖިނިއަރުން ލައްވާ ސޮއިކުރުވައި އެވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އެންގެވުމަކީ ދައުލަތް ހިންގަން ހެދިފަހުރި ގާނޫނުތަކާއި ފުށުއަރާ ޖާހިލު ނިންމުއްކަމަށެވެ.

އެއީ ރައްޔިތުންނާއި ''ތޮޅެން'' މަގުފަހި ކުރަން ހިންގާ އަމަލެއްގެ ގޮތުގައި މޭޔަރުވަނީ ސިފަކޮށްފައެވެ.

" ލާމަރުކަޒީ ގާނޫނު ފުޑާލަން އިތުރު ކުރި ބޮޅެއް. ގާނޫނާއި ، ހަމައާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލްއިން އަމަލު ނުކުރާނެ ކަން މައުލޫމާތައް ޓަކައި ދަންނަވަން. ކަންކަން ނިންމުމުގައި މަޝްވަރާ އިސްކޮށް ދައުލަތް ހިންގުމުގެ ޒަމާނީ ހަމަތަކަށް ފަރިތަވުމަށް ވެސް ދަންނަވަން"

މޭޔަރުގެ ވާހަކަތަކަށް ރައްދުދީ މިނިސްޓަރު ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށްވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ މުހިއްމު އެހެން ކަމެއްވާނަމަ ކައުންސިލުން އެދުމުން އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅެއް ނުހަދާނެކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 13 ދުވަސް ކުރިންމިއީ ރައްޔިތުންގެ އަޑު އަހާ، އެކަމަށް މަސައްކަތްކޮށް، ޑެލިވަރ ކުރާ ސަރުކާރެއް: މުއްތަލިބުޚަބަރު | މަހެއް ކުރިންހިޔާވަހި ފައިނޭންސިންނަށް އެދި 2،200 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިޚަބަރު | 4 މަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | 7 މަސް ކުރިން