logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑު ރެއިޑެއް، ގަވާއިދާ ހިލާފަށް އުޅޭ 14 ބިދޭސީން ހައްޔަރުކޮށްފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2024 - 04:13
ރޭ އަތުލައިގަތް ބިދޭސީން // ފޮޓޯ: އިމިގްރޭޝަން
ރޭ އަތުލައިގަތް ބިދޭސީން // ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިދާރާތަކުން ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި އިތުރު 14 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުވާގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 02 އެކޮމޮޑޭޝަން ބްލޮކެއް ވަނީ ބަލައި ފާސްކޮށްފައިކަމަށެވެ. އެގޮތުން ފުރަތަމަ ބަލާފައިވާ ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީ 09 ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ 03 އަންހެނަކާއި 02 ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ އޮކްޓޯބަރުމަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހީނާމާގެ ޕާކިން ސަރަޙައްދުން އަނެއްކާވެސް 11 ބިދޭސީން ހައްޔަރުކޮށްފި, ފިލައިގެން އުޅޭ މީހަކުވެސް ހިމެނޭޚަބަރު | 2 ދުވަސް ކުރިންމާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްލަނީޚަބަރު | 4 ދުވަސް ކުރިންމާލޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 4 ދުވަސް ކުރިން ފުރުވާލި ބިދޭސީންގެ ތެރޭގައި ގާނޫނާ ހިލާފުވި މީހުންނާއި އަމިއްލައަށް އެދިގެން ފޮނުވާލި މީހުން ހިމެނޭޚަބަރު | 5 ދުވަސް ކުރިން