logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ފުލުހުން ހާޒިރުކުރި ކޮމިޓީވެސް ސިއްރު

ސުދާ ލަތީފް
2 ޑިސެމްބަރު 2024 - 05:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓު އެތެރެކުރި ކަމަށް ބުނެ ފުލުހުން ހާޒިރުކޮށްގެން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވަނީ މިއީ މިހާރު ވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށައަޅާފައެވެ. މި ހުށައެޅުންތައް ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް ހާޒިރުކޮށްގެން އޮކްޓޯބަރު 30, ގައި ބޭއްވި ކޮމިޓީ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައެވެ.

ކަސްޓަމުން ބުނާ ގޮތުގައި އޮކްޓޯބަރު 25, ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިލަފުށިން 8،475 ސިނގިރޭޓު ކާޓޫން އަތުލައިގެންފައިވެއެވެ.

މިފަދަ މައްސަލައެއް 241 ކޮމިޓީން ބަލަމުން އަންނައިރު ރައްޔިތުންގެ މަޖިލީހުގައި މި ފަދަ މައްސަލައެއް ފުޅާ ދާއިރާއެއްގައި ފަހުގެ ތާރީހުގައި ބަލާފައެއްނުވެއެވެ.

ސިނިގިރޭޓުގެ މައްސަލައިގައި ހޯކްސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ސިނގިރޭޓު ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުންފުނި މެދުވެރިކޮށް ހިންގާ ގަވާއިދާ ހިލާފު ހަރަކާތްތަކަށް ހޯކްސް އިން އަބަދުވެސް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށާއި، ކޮންޓްރޯލްތައް އިތުރުކޮށް އަދި އެތަނުގެ ވަސީލަތްތައް ނަހަމަ ގޮތުގާ ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވެސް މައްސަލައިގައި ހޯކްސްއިން ނެރުނު ބަޔާނުގައި ވެ އެވެ.

މި މައްސަލައިގައި އެ ކުންފުނީގެ 14 މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.


Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ތަސްދީޤުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންމީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކުރަން ގޮވާލައި މަގުތަކަށް ނުކުމެއްޖެޚަބަރު | 9 ގަޑިއިރު ކުރިން ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމަށް އަބްދުއްރަހީމް އިސްލާމްއާބާދަށްޚަބަރު | 12 ގަޑިއިރު ކުރިން