logo
Bank of Maldives

Bank of Maldives

ޚަބަރު

ނިއުޝާ، ފިލްޒާ އަދި ތޮލްހަތު އަހުދުގެ ލިޔުމުގައި ސޮއިކުރައްވައިފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2024 - 06:34
ނިއުޝާ، ފިލްޒާ އަދި ތޮލްހަތު މަޖިލީހުެގ ރައީސްއާއެކު
ނިއުޝާ، ފިލްޒާ އަދި ތޮލްހަތު މަޖިލީހުެގ ރައީސްއާއެކު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެންމެ އިސް ތިން ބޭފުޅުން އެ ބޭފުޅުންގެ މަގާމުތަކުގައި އިތުރު ދައުރެއް ފުރިހަމަ ކުރެއްވުމުގެ ކުރިން އަހުދުގެ ލިޔުމުގައި ސޮއިކުރައްވައިފިއެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ އަދި މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ތަލްހަތު ހަސަން މަގާމުގެ އަހުދުގައި ސޮއިކުރެއްވީ މިއަދު މަޖިލީހުގައި ބޭއްވި ހަފްލާއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާގެ އެންމެ އިސް ތިން މަގާމުކަމަށްވާ އަމީންއާއްމާއި، ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމުގައި މިހާރުވެސް ތިއްބެވި އެ ބޭފުޅުންގެ މަގާމުތައް ދަމަހައްޓަން މަޖިލީހުގެ އިއްތިފާގުން ފާސްކުރީ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

އެދުވަހު މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އަމީންއާއްމު، ނިއުޝާގެ މަގާމު ދަމަހައްޓަން 79 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އަދި ކައުންސެލް ޖެނެރަލް، ފިލްޒާގެ މަގާމު ދަމަހައްޓަން 80 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާއިރު ސާޖެންޓް އެޓް އާމްސް، ތޮލްހަތުގެ މަގާމު ދަމަހައްޓަން 80 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ ދައުރު ހަމަވުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިނގަމުންދާ މަޖިލީހުގެ އަމީންއާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަންކުރަންވާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 20 ދުވަސް ކުރިންއެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 23 ދުވަސް ކުރިންމަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 23 ދުވަސް ކުރިންސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފިޚަބަރު | 23 ދުވަސް ކުރިން