logo
ޚަބަރު

ނުރައްކާތެރި ބަސްތައް ބުނުމަކީ ޚިޔާލުފާޅުކުރުން ކަމަށް ދެކޭ ސިޔާސީ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް އުޅޭނެ: ޚަލީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޑިސެމްބަރު 2024 - 03:52
ނުރައްކާތެރި ބަސްތައް ބުނުމަކީ ޚިޔާލުފާޅުކުރުން ކަމަށް ދެކޭ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް އުޅޭނެ: ޚަލީލް

އަނިޔާވެރިކަމާއި، ނުރައްކާތެރި ބަސްތައް ބުނުމަކީ ޚިޔާލުފާޅުކުރުމާއި މިނިވަންކަމުގެ އިމުގެ ތެރޭގައި ކުރާކަމެއް ކަމަށް ދެކޭ ސިޔާސީ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް އުޅޭނެކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މީހަކަށް ބިރު ދެއްކުން ފަދަ ގޮތަކަށް ދޭހަވާ ގޮތަކަށް "އެކްސް" ގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ އާދީއްތަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓު ނިންމާލަމުން އޭނާ ވަނީ "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދީފައެވެ.

މި މައްސަލާގައި ސުވާލުކުރުމަށް އޭނާ ފުލުސް އޮފީހަށް ގެންދިޔުމަށް ޗިޓް ފޮނުވި ހިސާބުން އިދިކޮޅު އެމްޑީޕީން ވަނީ އޭނާގެ ދިފާއުގައި ނުކުމެފައެވެ. އަދި އޭނާ އާއިއެކު އެ ޕާޓީގެ އިސްވެރިން ފުލުސް އޮފީސް ދޮށަށް ވެސް ޖަމާވިއެވެ.

މިނިސްޓަރު ޚަލީލު އެކްސްގައި ''އަނިޔާވެރިކަމުގެ ބިރުވެރި އަދި ނުރައްކާތެރި ބަސްތައް ބުނުމަކީ ޚިޔާލުފާޅުކުރުމާއި މިނިވަންކަމުގެ އިމުގެ ތެރޭގައި ކުރާކަމެއް ކަމަށް ދެކޭ ސިޔާސީ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް އުޅޭނެ.'' ކަމަށް ވިދާޅުވެ ޕޯސްޓް ކުރެއްވީ އެމްޑީޕީ އަށް އިޝާރާތްކުރަށްވާ ކަމަށް ބެލެވެއެވެ.

'' އަމުދުން ވެރިކަމަށް ފައިނަގާ ބަޔަކު މިކަން ދިފާޢުކުރާނަމަ، އެބައެއްގެ ވެރިކަމުގައި ރައްޔިތުން ވައްޓާލާނެ ބިރުވެރި ޙާލަތު ސިފަކުރެވޭނެ.'' މިނިސްޓަރު ވިދާޅުވެފަވެއެވެ.

 

 

ޤާނޫނުއަސާސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވަނީ އަނެކުންގެ ކަރާމަތަށްވެސް ހުރުމަތްތެރިކޮށްހިތައި، އަދަބު އަޚުލާގާއި ސުލޫކާއި، އާންމު އިޖުތިމާއީ އަދާލަތުގެ ހަމަތަކަށް ފެތޭ އިމުގެ ތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީޚަބަރު | 5 މަސް ކުރިންޚާރިޖީ ވަޒީރު ޚަލީލް ލަންކާއަށް ވަޑައިގަންނަވައިފިޚަބަރު | 7 މަސް ކުރިންރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަދަލެއް ނުވޭ: ޚަލީލްޚަބަރު | 8 މަސް ކުރިން''އިންޑިއާގެ އެހީގައި ވެރިކަން ބަދަލުކުރަން ރޭވިކަމަށް ބުނާ ރިޕޯޓަކީ ދޮގެއް''ޚަބަރު | 8 މަސް ކުރިން