logo
Bank of Maldives

Bank of Maldives

ޚަބަރު

ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2025 - 03:03
ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި، މިޔަންމާގެ ކުރީގެ ވެރިރަށް މަންޑަލޭގެ ބޭރުގައި ރިކްޓަރ ސްކޭލްގައި 7.7 ގެ ބިންހެލުމެއް ހުކުރު ދުވަހުގެ މެންދުރު 12:50 ގައި (ދިވެހިރާއްޖޭގެ ގަޑިން 06:20 ގައި) އައިސްފައިވެއެވެ. މީގެ އިތުރުން، އޭގެ މިނެޓުތަކެއް ފަހުން ރިކްޓަރ ސްކޭލްގައި 6.4 ގެ އާފްޓަރޝޮކެއްވެސް އައިސްފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިންހެލުމުގެ އަސަރު ތައިލެންޑަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި، ތައިލޭންޑް އަދި މިޔަންމާއަށް އައި މި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ.

"ތައިލޭންޑްގައި ތިއްބެވި ކަމަށް މިހާހިސާބަށް ފާހަގަކުރެވުނު ހުރިހާ ދިވެހިންގެ ޙާލު ރަނގަޅު. އެހެންނަމަވެސް މިޔަންމާގައި ދިވެއްސަކު ހުންނެވިކަމަށް އަދި މަޢުލޫމާތު ލިބިފައެއް ނެތް،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި ބިންހެލުމާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން ޢާންމުކުރާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ކަމާ ގުޅޭ ގޮތުން ކަންބޮޑުވުމެއް ހުރި ފަރާތްތަކުން ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު 7960844 އަށް ގުޅުމަށް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ފަށައިފިން: ޑރ. ޚަލީލުޚަބަރު | 10 ދުވަސް ކުރިންޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިޚަބަރު | 11 ދުވަސް ކުރިންމެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 21 ދުވަސް ކުރިންމެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ސަރުކާރުން އެދިއްޖެޚަބަރު | 21 ދުވަސް ކުރިން