logo
MPL

MPL

ޚަބަރު

ފުއާދު ތައިލެންޑް ސަފީރުކަމަށް އައްޔަން ކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޑިސެމްބަރު 2024 - 09:49
ފުއާދު ތައިލެންޑް ސަފީރުކަމަށް އައްޔަން ކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، ފުއާދު ތައުފީގް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު، ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވަނީ 25 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުއާދު އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ނިންމީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ދެންއޮންނާނީ ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، ފުއާދު އައްޔަނުކުރަން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގުމުގެ މަރުހަލާއެވެ.

ފުއާދަކީ ސްޓެޓިސްޓިކްސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު އެކި ދާއިރާތަކުގައި ސަރުކާރަށާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ފުއާދުވަނީ ކުރައްވާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | ދުވަހެއް ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 7 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 7 ދުވަސް ކުރިންނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | މަހެއް ކުރިން