logo
ޚަބަރު

ގުރޫޕުތަކަށް ދީފައިވާ ދަނޑުތަކުން ލިބޭ ފައިސާ ކުޅިވަރު ފަންޑަށް ޖަމާކުރާގޮތަށް ހަމަޖައްސަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޑިސެމްބަރު 2024 - 09:58
ގުރޫޕުތަކަށް ދީފައިވާ ދަނޑުތަކުން ލިބޭ ފައިސާ ކުޅިވަރު ފަންޑަށް ޖަމާކުރާގޮތަށް ހަމަޖައްސަނީ

މާލޭގެ ބައެއް ކުޅިވަރު ކްލަބްތަކާއި، ގްރޫޕްތަކުގެ ބެލުމުގެ ދަށުގައި ހުރި ފުޓްސަލް ދަނޑުތަކުން ލިބޭ އާމްދަނީ ސަރުކާރުގެ ކުޅިވަރު ފަންޑަށް ވަންނާނެ ގޮތަކަށް ކަންކަން ތަރުތީބުކުރައްވަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ސްޕޯޓްސް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ދަނޑުތައް ދޫކޮށްފައި ހުރީ ވަކި މިންގަނޑަކުން ނޫން ކަމަށެވެ.

ބައެއް ދަނޑުތައް ސިޓީއަކުން ދޫކުރިއިރު އަނެއްބައި ދަނޑުތައް ދޫކޮށްފައިހުރީ ކޮންމެވެސް ކަހަލަ "އަންޑަސްޓޭންޑިން"އެއް އޮވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުތަކުން ދަނޑުތައް ގްރޫޕްތަކަށް ދިނުމުގައި އެއްވެސް ކަހަލަ ކޮންސިސްޓެންސީއެއް ގެންގުޅެފައި އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. އަދި ދަނޑުތައް ދޫކޮށްފައި ހުރީ ސިޓީއެއްގެ ޒަރިއްޔާ އިން ނުވަތަ އަންޑަސްޓޭންޑިންއެއްގެ ދަށުންކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުތަކުގެ މައްސަލަ ހައްލުކުރެއްވުމަށް ގެންގުޅުއްވި ވިސްނުންފުޅަކީ ދަނޑުތައް ދޫކޮށްފައިވާ ފަރާތްތަކާ ވާހަކަދައްކައި މަޝްވަރާކޮށްގެން ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އައުން ކަމަށެވެ. 

"އަޅުގަނޑު އުންމީދުކުރީ މި ދަނޑުތައް ދެވިފައިވާ ބޭފުޅުންނާ ވާހަކަދެކެވިގެން ކޮންމެވެސް އަންޑަސްޓޭންޑިންއަކަށް އައިސް ކަރުދާހަށް ތިރިކުރުން. އެގްރިމެންޓެއް ކަހަލަ އެއްޗެއް ހެދިގެންދިއުން. އެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން،" ރާފިއު އިތުރަށް ވިދާޅުވެފަވެއެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، އެ ދަނޑުތައް މިހާރު ހިންގާ ގްރޫޕްތަކަށް ވެސް އެތަންތަން ބޭނުންކުރެވޭ ގޮތަށް އަދި އާއްމުންނަށް ފަސޭހައިން ލިބޭ ގޮތަށް ހަދައި، އެތަންތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ސަރުކާރުން އަލަށް ގާއިމްކުރާ ކުޅިވަރު ފަންޑަށް ވެއްދުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ވެގެންދާނީ ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢުޚަބަރު | 2 މަސް ކުރިންސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލްކުޅިވަރު | 3 މަސް ކުރިންތިން ރަން މެޑެލް ހޯދައިގެން ލައިބާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއްޚަބަރު | 3 މަސް ކުރިންކުޅިވަރާބެހޭ ވަޒީރު ވަޒީރު އަބްދުﷲ ރާފިއު އެމެރިކާގެ ސަފީރާއި ބައްދަލުކުރައްވައިފިކުޅިވަރު | 3 މަސް ކުރިން