logo
Bank of Maldives

Bank of Maldives

ޚަބަރު

ދޫނި ހިމާޔަތް ކުރުމާ ގުޅޭ ދިރާސާއެއް ކުރަނީ

އަޙްމަދު ޒަލީފް
4 ޑިސެމްބަރު 2024 - 12:49
ދޫނި ހިމާޔަތް ކުރުމާ ގުޅޭ ދިރާސާއެއް ކުރަނީ

ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅުންހުރި ދިރާސާއެއް ކުރުމަށް މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

މިއީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔުނިވާސިޓީ އޮފް އޯކްލެންޑް އާ ދެމެދު ވެވުނު އެމްއޯޔޫ އެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އެމްއޯޔޫގައި އީޕީއީގެ ފަރާތުން ސޮއިކުރެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

އީޕީއޭ އިން ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.

ހަމައެހެންމެ ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެހުރިހި ބަލަން ސަމްޕާއަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅަން މަޖުބޫރުކޮށްފިޚަބަރު | 9 މަސް ކުރިންދޫނި ހިމާޔަތް ކުރުމާ ގުޅޭ ދިރާސާއެއް ކުރަނީޚަބަރު | އަހަރެއް ކުރިންހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ފެސިލިޓީއެއް ގާއިމްކުރަނީ ޚަބަރު | އަހަރެއް ކުރިން