logo
ޚަބަރު

ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ފެސިލިޓީއެއް ގާއިމްކުރަނީ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
3 އޮކްޓޯބަރު 2024 - 11:13
 މޫސުމާއި ހަކަތަ އާއި ބެހޭ ވުޒާެރާގެ ވަޒީރު ޠާރިޤް އިބްރާހީމް
މޫސުމާއި ހަކަތަ އާއި ބެހޭ ވުޒާެރާގެ ވަޒީރު ޠާރިޤް އިބްރާހީމް

ހުޅުމާލޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓްރައި-ޕާޓީޓް ބިމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ޓްރައިޕާޓައިޓް އެއްބަސްވުމުގައި ސޮއި ކުރީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރޮންމެންޓް އެންޑް އެނާޖީ ގެ އިތުރަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއެވެ. މިއީ "މަގޭ ސާފު ރާއްޖެ" ގެ ނަމުން ހަފްތާ 14 ގައި އެކުލަވާލި ގައުމީ ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މޫސުމާއި ހަކަތަ އާއި ބެހޭ ވުޒާެރާގެ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މި އެއް ހެކްޓަރުގެ ބިމުގައި ޢިމާރާތުގެ ޑިޒައިން ނިމުމަށްފަހު މަސައްކަތް ކުރަންފަށާތާ 18 މަސް ތެރޭގައި ވޭސްޓް ޓްރާންސްފާ ފެސިލިޓީ ނިންމާލެވޭނެކަމަށެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު ޙަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޠާރިޤް ވިދާޅުވީ މިއަދު މި ސޮއިކުރި ބިމުގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމް ކުރުމާއި ތިލަފުށީ ކުނި ގޮނޑު ރިމީޑިއޭޓް ކުރުމަށް ސަރުކާރުން ވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ހަމަޖައްސާފައިކަމަށެވެ. ޠާރިޤް ވިދާޅުވީ ބައިބަޔަށް ވަކިކޮށްގެން ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކަށް މި މަޝްރޫއުގެ ސަބަބުން އިތުރު ލުއި ފަސޭހަތަކެއް ލިބޭނެކަމުގެ އުއްމީދު ކުރައްވާކަމަށެވެ.

ސަރުކާރުން ވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުނި ރައްކާތެރިކަމާއި އެކު ނައްތާލުމުގެ މަޝްރޫއެއް ފަށާފައެވެ. މި މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ނަމަކީ "ގްރޭޓާ މާލެ ވޭސްޓް މެނޭޖްމެންޓް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް ޓު އެނާޖީ" އެވެ. މި މަޝްރޫއަށް 20 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަނީޚަބަރު | 2 މަސް ކުރިންބޭރުގެ އިންވެސްޓަރުންނަށް ރަސްމާލެ މަޝްރޫއުގައި އިންވެސްޓުކުރުމުގެ ފުރުސަތުޚަބަރު | 2 މަސް ކުރިންސޮވެރިން ފަންޑަށް ޖަމާކުރި އަދަދު 907 މިލިއަނަށް އަރައިފި ޚަބަރު | 2 މަސް ކުރިންތަންފީޒީ ފިޔަވަޅުތަކާއެކު 3.7 ބިލިއަން ރުފިޔާ ހޯދައިފި ޚަބަރު | 3 މަސް ކުރިން