logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ގައުމު ހަލަބޮލިކުރޭ: ފަތުހީ

އާމިނަތު ޝަފާ
5 ޑިސެމްބަރު 2024 - 05:53
އުސްތާޒު ފަތުހީ
އުސްތާޒު ފަތުހީ

އެމްޑީޕީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ގައުމު ހަލަބޮލިކުރަން މަސައްކަތްކުރަމުންދާކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

ފަތުހީ މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުހީ ވިދާޅުވީ ތަހުޒީބީ މުޖުތަމައުތަކުގައި ސިޔާސީ މަސައްކަތްތަކަކީ ގައުމަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށެވެ.

"އެމްޑީޕީ އަތުން ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ގައުމު ހަލަބޮލިކުރަން މަސައްކަތްކުރޭ. މިފަހަރު މިއުޅެނީ ގާނުނޫ އަސާސީގެ ދިފާއުގައޭ ކިޔައިގެން. އެމްޑީޕީން ވެރިކަމުގައި އޮތްއިރު ކުރި ކަންކަމުގެ ތެރޭގައި ސަހަރޯ ހީވާ ވަރުގެ ކަންކަން އެބަހުރި ކޮށްފައި"

ފަތުހީ އިތުރަށް ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނުކުންނަންވީ ގާނޫނު އަސާސީގެ ދިފާއުގައި ނޫންކަމަށާއި ފުރަތަމަ މަގުމައްޗަށް ނުކުންނަންވީ އެ ސަރުކާރުގައި ކުރި ވައްކަންތައް ބެލުމަށް ގޮވާލާކަމަށެވެ.

"ކޮބާތޯ ވެންޓިލޭޓަރު ވައްކަން. ދައުލަތުގެ ފައިސާ އިސްރާފުކޮށްފައިހުރީ. ކިތައް މިލިއަން ރުފިޔާގެ ވާހަކަ މިކިޔަނީ"

އަދިވެސް ވެންޓިލޭޓަރުތަކަށް ވީގޮތްވެސް ނޭނގޭކަމަށް ފަތުހީ ވިދާޅުވިއެވެ.

އެމްޑީޕީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ގައުމު ހަލަބޮލިކުރަން މަސައްކަތްކުރަމުންދާކަމަށް ފަތުހީ ވިދާޅުވިއިރު ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެމްޑީޕީން އަންނަނީ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.

އެ އެއްވުމަށް އަތޮޅުތެރެއިން މީހުން އައުމަށްވެސް އެމްޑީޕީން ގޮވާލާފައިވާއިރު މީގެ ކުރިން އެ ޕާޓީން ބޭއްވި މިފަދަ އެއްވުންތަކުގައި އަތޮޅުތެރެއިން މީހުން ގެނެސް އެމީހުން ހާލުގައި ޖައްސާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނީ ފާޑުކިޔަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާޒީގެ ތެރެއިން މޭޑޭގެ މުޒާހަރާ: ފަހުވަގު ބޮޑުން ފިލީ، ކުށް ކުރުވީ ނިކަމެތި މީހާ ލައްވާ!ރިޕޯޓް | 4 މަސް ކުރިންވާދަވެރި ސިޔާސީ ޕާޓީތަކުގެ ހަރަކާތް ހިންގުމަށް ރައީސް މުއިއްޒު ފުރުސަތުތައް ފަހިކޮށް ދެއްވާ: ޝުޖާއުޚަބަރު | 6 މަސް ކުރިންމައްސަލަ ހުށަހަޅާފައި އެމްޑީޕީން ތަޅުމުގައި ތިބޭތަނެއް ނުފެނޭ: ފަލާހްޚަބަރު | 9 މަސް ކުރިންމި އިންތިހާބުވެސް އެމްޑީޕީއަށް ނާކާމިޔާބު! މިވީ ކިހިނެއް؟ޚަބަރު | އަހަރެއް ކުރިން