logo
ކުޅިވަރު

ފިފާ ކްލަބް ވޯލްޑްކަޕްގެ ގުރުލައިފި

އަބްދުﷲ ޣާނިމް
6 ޑިސެމްބަރު 2024 - 05:39
ފީފާ ކްލަބް ވޯލްޑް ކަޕް ގައި ޓީމުތައް ބެހިފައިވާގޮތް: ފޮޓޯ: އޮލިމްޕިކްސް
ފީފާ ކްލަބް ވޯލްޑް ކަޕް ގައި ޓީމުތައް ބެހިފައިވާގޮތް: ފޮޓޯ: އޮލިމްޕިކްސް

 އަންނަ އަހަރު ޖޫންމަހުގައި އެމެރިކާގައި ފަށަން ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގެ ގުރުނެގުން ރޭގައި ބާއްވާއިފިއެވެ. އައު ފޯމެޓާކާއެކު ގިނަ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ފީފާއިން މިދިޔައަހަރުގައި އިޢުލާނުކުރި މި މުބާރާތަކީ މީގެކުރިން ހަމައެކަނި ކޮންމެ ބައްރެއްގެ ޗެންޕިއަން ޓީމަށް އެކަނި ވާދަކުރެވޭ ގޮތަށް ކުޅެމުންދިޔަ މުބާރާތެކެވެ. އެހެންނަމަވެސް މި މުބާރާތް އިތުރަށް ފުޅާކޮށް ފީފާއިން ވަނީ 32 ޓީމަށް ބައިވެރިވެވޭގޮތަށް މިމުބާރާތް ބަދަލުކޮށްފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ރޭގައި މިއާމީގައި ބޭއްވި ގުރުއަތުލުމުގައި އެންމެ ފާހަގަކޮށްލެވޭ އެއްމެޗަކީ ގްރޫޕް އެޗް ގައި ވިނީޝިއަސް އާއި ނޭމާ ކުރިމަތިލުން ފެނިގެންދާނެ ރެއާލް މެޑްރިޑާއި ސަޢުދީ ޗެންޕިއަން އަލް ހިލާލް ބައްދަލުކުރާމެޗެވެ. އަދި މީގެ އިތުރުން ފާހަގަކޮށްލެވޭ މެޗުތަކަށްބަލާއިރު އެތްލެޓިކޯ މެޑްރިޑާއި ޕީ.އެސް.ޖީ އާއި ދެކުނު އެމެރިކާގެ ޗެންޕިއަން ބޮޓަފޯގޯ ވަނީ އެއް ގްރޫޕެއްގައި ލައްވާލާފައެވެ.

 

އަންނަ އަހަރުގެ ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ކުޅޭ މިމުބާރާތް ހުޅުވާމެޗުގައި ބައްދަލުކުރާނީ ނުކިއްސަރު ގޮތަކަށް ފީފާއިން މި މުބާރާތުން ޖާގަދީފައިވާ މެސީގެ އިންޓަރ މިއާމީ އާއި މިސްރުގެ އަލް އަޙްލީ އާ ދެމެދުގައެވެ.

 

މި މުބާރާތުގައި ގޭގެ ސޯފާއި ތިބެގެން މެޗުބަލާ ލިސްޓުގައި ހިމެނެނީ ބޮޑެތި ޓީމުތަކުގެ ތެރޭގައި ބާސެލޯނާއާއި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަރޕޫލް އަދި އާރސެނަލް ފާހަގަކޮށްލެވެއެވެ. މި މުބާރާތަކީ ކޮންމެ 4 އަހަރުން 1 އަހަރު ކުޅުމަށް ރޭވިފައިވާ މުބާރާތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭވަރިޓް ޕީއެސްޖީ ކޯލްޑް ޕާމާއާއި ޖެހި ގަނޑުވެ، ޗެލްސީ ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 2 މަސް ކުރިންމުބާރާތުގެ ފޭވަރިޓް ޕީއެސްޖީ ބަލިކޮށް ބޮޓަފޮގޯއިން ގްރޫޕްގެ ކޮންޓްރޯލް ނަގައިފިކުޅިވަރު | 2 މަސް ކުރިންފީފާ ކުލަބު ވޯލްޑްކަޕް ހުއްޓުވާލަން ލަލީގާގެ ރައީސް މަސައްކަތްކުރަނީކުޅިވަރު | 2 މަސް ކުރިންއެލް.އޭ ގެލެކްސީ ބަލިކޮށް ޗެލްސީ ވޯލްޑްކަޕް ފެށުން ރަނގަޅުކޮށްފިކުޅިވަރު | 3 މަސް ކުރިން