logo
ކުޅިވަރު

ކޮޕާ އިޓާލިއާ: ނަޕޮލީ ބަލިކޮށް ލާޒިއޯ ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
7 ޑިސެމްބަރު 2024 - 06:28
ހެޓްރިކް ހީރޯ ނޮސްލިން. ފޮޓޯ: ލާޒިއޯ
ހެޓްރިކް ހީރޯ ނޮސްލިން. ފޮޓޯ: ލާޒިއޯ

ކޮޕާ އިޓާލިއާގައި ރޭގައި ނަޕޮލީ ބަލިކޮށް ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލުން ލާޒިއޯ ޖާގަހޯދައިފިއެވެ. މިއީ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ލާޒިއޯ ޖެހިޖެހިގެން ޖާގަ ހޯދި 14 ވަނަފަހަރެވެ.  

ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ ހޮލެންޑުގެ ފޯވާޑް ނޮސްލިން ވަނީ ހެޓްރިކް ހަދާފައެވެ. މެޗުފެށިގެން ވަރުގަދަ އެޓޭކިން ފުޓުބޯޅައެއް ކުޅެމުން އައި ލާޒިއޯ ގެ ފުރަތަމަ ގޯލު ނޮސްލިން ޖަހައިދިނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. އެހެންނަމަވެސް އޭގެ 4 މިނެޓުފަހުން ސިމިއޯނީ ވަނީ ގޯލެއްޖަހައިދީ ނަތީޖާ ހަމަކޮށްދީފައެވެ. އަދި ފުރަތަމަހާފު ނިމެންދަނިކޮށް ނޮސްލިން އިތުރު ގޯލެއްޖަހައި މެޗުގައި ދެވަނަފަހަރަށް ލީޑު ނަގާދީފައިވެއެވެ. އަދި ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އޭނާ ވަނީ ހެޓްރިކް ހަދައި އެޓީމަށް ކުއާޓަރ ފައިނަލުގެ ޖާގަ ޔަޤީންކޮށްދީފައެވެ. މި މެޗު ނިމުނީ 3-1 ން ނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެމެޗަށް ނިކުތުމުގެ ކުރިން ނޮސްލިން މިހާތަނަށް އެއް މެޗެއްގައި ދެގޯލުވެސް ޖަހާފައިނުވެއެވެ. އަދި ނަޕޮލީ މި މުބާރާތުގައި އެންމެފަހުން އަމިއްލަ ދަނޑުން ބޭރުގައި ކުޅުނު 6 މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ރޭގެ ބައްޔާއެކު ނަޕޮލީ ވަނީ ޖެހިޖެހިގެން 4 އަހަރު މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ނުގޮސް ކަޓާފައެވެ.   

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭސީ މިލާން ބަލިކޮށް ބައި ގަރުނުފަހުން ފުރަތަމަ ފަހަރަށް ބޮލޯނިއާއަށް ތަށްޓެއްކުޅިވަރު | 4 މަސް ކުރިންއިންޓަރ ބަލިކޮށް ކޮޕާ އިޓާލިއާގެ ފައިނަލަށް އޭސީ މިލާން ދަތުރުކޮށްފިކުޅިވަރު | 4 މަސް ކުރިންފަހަތުން އަރައި އިންޓަރ ބަލިކޮށް އޭސީ މިލާން އިޓާލިއަން ސުޕަރކަޕް ކާމިޔާބުކޮށްފިކުޅިވަރު | 8 މަސް ކުރިންއިޓާލިއަން ސުޕަރ ކަޕުގެ ފައިނަލަށް އޭސީ މިލާނާއި އިންޓަރ މިލާންކުޅިވަރު | 8 މަސް ކުރިން