logo
ކުޅިވަރު

އިންޓަރ ބަލިކޮށް ކޮޕާ އިޓާލިއާގެ ފައިނަލަށް އޭސީ މިލާން ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
24 އޭޕްރީލު 2025 - 05:56
އޭސީ މިލާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އޭސީމިލާން
އޭސީ މިލާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އޭސީމިލާން

އިޓާލީގެ ވާދަވެރި ދެ ޓީމު ކަމަށްވާ އިންޓަރ މިލާން އާއި އޭސީ މިލާން ދެމެދު ކުޅުނު ކޮޕާ އިޓާލިއާގެ ސެމީ ފައިނަލް މެޗުން 3-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން ވަނީ ފައިނަލަށް ގޮސްފައެވެ. މިއާއެކު މިސީޒަނުގައި އިންޓަރ ޓްރެބްލް (ތިން ތަށި) ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ ނިމުން އައިސްފައެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 1-1 އިން އެއްވަރުވެފައިވާއިރު، ރޭ ކުޅުނު ދެވަނަ ލެގްގެ ނަތީޖާއާ އެކު އޭސީ މިލާނަށް ވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިއަށް ދެވިފައެވެ. ރޭގެ މެޗުގައި، އިންޓަރ މިލާނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމަށް ވަނީ ގޯލެއް ނުޖެހިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 36 ވަނަ މިނެޓުގައި އޭސީ މިލާނުގެ ސްޓްރައިކަރު ލޫކާ ޖޮވިޗް ވަނީ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނެޓުގައި ޖޮވިޗް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ދެ ޓީމުގެ މެދުގައިވާ ފަރަގު އިތުރަށް ބޮޑުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް، ތިޖާނީ ރެއިންޑާސް ވަނީ އޭސީ މިލާނުގެ ތިންވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

ފައިނަލުގައި އޭސީ މިލާން ވާދަކުރަންޖެހޭނީ އެމްޕޯލީ އާއި ބޮލޯނިޔާ މިރޭ ކުޅޭ މެޗުން އެގްރިގޭޓުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމަރ ޓްރާންސްފަރގައި އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލް، އޭސީ މިލާން އަތުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންއިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފިކުޅިވަރު | 2 މަސް ކުރިން