logo
ކުޅިވަރު

އޭސީ މިލާން ބަލިކޮށް ބައި ގަރުނުފަހުން ފުރަތަމަ ފަހަރަށް ބޮލޯނިއާއަށް ތަށްޓެއް

އަބްދުﷲ ޣާނިމް
15 މޭ 2025 - 04:39
ބައިގަރުނުފަހުން ބޮލޯނިއާ ވަނީ ތަށްޓެއް ކާމިޔާބުކޮށްފައި
ބައިގަރުނުފަހުން ބޮލޯނިއާ ވަނީ ތަށްޓެއް ކާމިޔާބުކޮށްފައި

އިޓާލިއަން ކަޕުގެ ފައިނަލުގައި އޭސީ މިލާން 1-0 އިން ބަލިކޮށް، 51 އަހަރުގެ ދިގު މުއްދަތަކަށް ފަހު ބޮލޯނިއާ އިން ވަނީ ބޮޑު މުބާރާތެއްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާފައެވެ. . މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި ބޮލޯނިއާގެ ސްވިޒަލެންޑް ފޯވާޑް ޑޭން އެންޑޯޔޭއެވެ.

މިއީ 1974 ވަނަ އަހަރު އިޓާލިއަން ކަޕް ކާމިޔާބު ކުރުމަށްފަހު، ބޮލޯނިއާ އިން މި މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ހަތް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވާ ބޮލޯނިއާ އަށް މިއީ އެ ޓީމުގެ ތާރީހުގައި ކާމިޔާބުކުރި ތިންވަނަ އިޓާލިއަން ކަޕެވެ. އޭސީ މިލާން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާމިޔާބީއާއެކު، ބޮލޯނިއާ އަށް ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައެވެ. މިވަގުތު އިޓާލިއަން ލީގުގައި ބޮލޯނިއާ އޮތީ ހަތްވަނަ ހިސާބުގައެވެ. އަދި އޭސީ މިލާން އޮތީ އަށްވަނަ ހިސާބުގައެވެ.

އިޓާލިއާނޯ މި އަހަރުގެ ޖޫން މަހު ބޮލޯނިއާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން، 2021 އިން 2024 އަށް ފިއޮރެންޓީނާ ތިން ފައިނަލަކަށް ގެންގޮސްދީފައިވެއެވެ. ނަމަވެސް ފާއިތުވި ދެ އަހަރުގެ ކޮންފަރެންސް ލީގާއި 2023 ގެ އިޓާލިއަން ކަޕުގެ ފައިނަލުގައި އޭނާއަށް ކާމިޔާބީއެއް ނުލިބުނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭސީ މިލާން ބަލިކޮށް ބައި ގަރުނުފަހުން ފުރަތަމަ ފަހަރަށް ބޮލޯނިއާއަށް ތަށްޓެއްކުޅިވަރު | 4 މަސް ކުރިންއިންޓަރ ބަލިކޮށް ކޮޕާ އިޓާލިއާގެ ފައިނަލަށް އޭސީ މިލާން ދަތުރުކޮށްފިކުޅިވަރު | 4 މަސް ކުރިންފަހަތުން އަރައި އިންޓަރ ބަލިކޮށް އޭސީ މިލާން އިޓާލިއަން ސުޕަރކަޕް ކާމިޔާބުކޮށްފިކުޅިވަރު | 8 މަސް ކުރިންއިޓާލިއަން ސުޕަރ ކަޕުގެ ފައިނަލަށް އޭސީ މިލާނާއި އިންޓަރ މިލާންކުޅިވަރު | 8 މަސް ކުރިން