logo
MPL

MPL

ކުޅިވަރު

ފަހަތުން އަރައި އިންޓަރ ބަލިކޮށް އޭސީ މިލާން އިޓާލިއަން ސުޕަރކަޕް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
7 ޖެނުއަރީ 2025 - 04:23
މިއީ މިމުބާރާޓުގެ ތަށި އޭސީ މިލާނުން އުފުލާލި 8 ވަނަ ފަހަރު. ފޮޓޯ: އޭސީ މިލާން
މިއީ މިމުބާރާޓުގެ ތަށި އޭސީ މިލާނުން އުފުލާލި 8 ވަނަ ފަހަރު. ފޮޓޯ: އޭސީ މިލާން

ސަރޖިއޯ ކޮންސެއިސާއޯ ކޯޗުކަމާއި ހަވާލުވެ، މިލާން ކުޅުނު ދެވަނަ މެޗުގައި ފަހަތުން އަރައި އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާނުން ތަށިހޯދައިފިއެވެ. ސަޢުދީ އަރަބިއްޔާގެ އަލް-ޢައްވަލް ޕާރކް ގައި ކުޅުނު މިމެޗު މިލާނުން ކާމިޔާބުކުރީ 3-2 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގެ އޭސީ މިލާނުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަޤުތުގައެވެ. މިގޯލު ކާމިޔާބުކޮށްދިނީ ލައުޓާރރޯ މާޓީނޭޒް އެވެ. އަދި މިމެޗުގެ ދެވަނަ ހާފުގެ 2 ވަނަ މިނެޓުގައި އިރާނުގެ މެހްދީ ތާރެމީ ވަނީ އިންޓަރ އަށް އިތުރު ގޯލެއް ޖަހައިދީފައެވެ.

 

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ އޭސީ މިލާނުގެ ފުރަތަމަ ގޯލު ފެނުނީ މެޗުގެ 52 ވަނަ މިނެޓުގައެވެ. މިގޯލު ކާމިޔާބުކޮށްދިނީ ތެޔޯ ހެނާންޑޭޒް އެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ޕުލިސިޗް ވަނީ ގޯލުޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. އޭސީމިލާން މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ގަޑީގެ 3 ވަނަ މިނެޓުގައި ޓަމީ އެބްރަހަމް އެވެ.

 

މިމުބާރާތުގެ ފައިނަލުގައި 2022 ވަނަ އަހަރު މި ދެޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ އިންޓަރ މިލާނުންނެވެ. އަދި މި މުބާރާތުގެ ތަށި ވޭދުވެދިޔަ 3 އަހަރުވެސް ހޯދީ އިންޓަރ މިލާނުންނެވެ.

 

ރޭގެ ތަށްޓާއެކު އޭސީ މިލާނުން ވަނީ މިމުބާރާތުގެ ތަށި ޖުމްލަ 8 ފަހަރު ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ ބަލިކޮށް އޭސީ މިލާން ތާވަލުގެ ތިންވަނައަށްކުޅިވަރު | 4 ދުވަސް ކުރިންއިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 2 މަސް ކުރިންއެއްއަހަރުފަހުން ލެޖެންޑަރީ އޭސީމިލާން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 6 މަސް ކުރިންޕާމާ ބަލިކޮށް އިންޓްމިލާނުން އިޓާލިއަން ލީގު 21 ވަނަ ފަހަރަށް އުފުލާލައިފިކުޅިވަރު | 6 މަސް ކުރިން