logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސަޢޫދީ ޕްރޯ ލީގު: ފަހުވަޤުތު ބެންޒެމާ ރޮނާލްޑޯގެ މައްޗަށް ގަދަވެގެންފި

އަބްދުﷲ ޣާނިމް
7 ޑިސެމްބަރު 2024 - 07:13
ރޭގެ މެޗުފެށުމުގެ ކުރިން ދެކުޅުންތެރިން އެކީގައި. ފޮޓޯ: ފަބްރީޒިއޯ
ރޭގެ މެޗުފެށުމުގެ ކުރިން ދެކުޅުންތެރިން އެކީގައި. ފޮޓޯ: ފަބްރީޒިއޯ

ސަޢޫދީ ޕްރޯ ލީގުގައި ރޭގައި އަލް އިއްތިހާދު އާއި އަލް ނަޞްރު ބައްދަލުކުރި މެޗުގައި ފަހުވަގުތު އަލް އިއްތިޙާދުން ގޯލުޖަހައި ތާވަލުގެ އެއްވަނައަށް އަރައިފިއެވެ. ރޭގެ މެޗުގައި މި ދެޓީމުގެ ކެޕްޓަނުންގެ ގޮތުގައި ނިކުތީ ކުރިން ރެއާލް މެޑްރިޑަށް އެކީގައި ކުޅުނު ބެންޒެމާއާއި ރޮނާލްޑޯއެވެ.  

ރޭގެ މެޗުގައި މި ދެކުޅުންތެރިންވެސް ވަނީ ލަނޑުޖަހާފައެވެ. އެގޮތުން ފުރަތަމަ ގޯލު ޖަހައި އިއްތިޙާދަށް ކުރި ހޯދައިދިނީ ބެންޒެމާއެވެ. މި ގޯލް ޖެހީ މެޗުގެ 55 ވަނަ މިނެޓުގައެވެ. ނަމަވެސް އޭގެ 2 މިނެޓުފަހުން ރޮނާލްޑޯވަނީ އަލް ނަޞްރަށް ގޯލުޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. މި މެޗުން އަލް އިއްތިޙާދު މޮޅުވިގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނެޓު ހަމަވެ ލިބުނު އިތުރުގަޑީގައި ޓޮޓްނަމްގެ ކުރީގެ ކުޅުންތެރިޔާ ބަރްގްވައިން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ ގޯލުތަކާއެކު ރޮނާލްޑޯ އާއި ބެންޒެމާ ވަނީ ސަޢޫދީ ޕްރޯ ލީގުގައި ގޯލު ޗާޓުގެ ދެވަނައިގައެވެ. އެގޮތުން ދެކުޅުންތެރިންވެސް ވަނީ މިހާތަނަށް ލީގުގައި 10 ގޯލުޖަހާފައެވެ. ގޯލު ޗާޓުގެ އެއްވަނައިގައި އޮތީ އަލް ޙިލާލް ގެ ފޯވާޑް މިޓްރޮވިޗެވެ. އަދި ރޮނާލްޑޯ ރޭގައި ޖެހި ގޯލާއެކު އޭނާ ވަނީ 2024 އަހަރުގައި ޖުމްލަ 43 ގޯލުޖަހައިދީފައެވެ.

ރޭގެ ނަތީޖާއާއެކު އަލް އިއްތިޙާދު ތާވަލުގެ އެއްވަނައަށް އެރިއިރު އަލް ނަޞްރު ވަނީ ތާވަލުގެ 4 ވަނައަށް ވެއްޓިފައެވެ.  

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 5 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | މަހެއް ކުރިންހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިން