logo
MPL

MPL

ޚަބަރު

ރަސްދޫ ކައިރީ އޮންނަ ފިނޮޅު ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: ރައީސް

ހުސައިން ވަސީމް
8 ޑިސެމްބަރު 2024 - 12:46
ރަސްދޫ ކައިރީ އޮންނަ ފިނޮޅު ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަންނަން: ރައީސް

އއ ރަސްދޫ ކައިރީ އޮންނަ ފިނޮޅު ގިރަމުންދާތީ އެ ފިނޮޅު ނެތި ދިއުމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހާރު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގައި އއ ރަސްދޫ ގެސްޓު ހައުސްތައް ހިންގާ ފަރަތްތަކާ ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް ރައީސް ވަނީ އޮޅުންފިލުވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ވަނީ ރަސްދޫ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ހަމާއެއާއެކު އީ.އައި.އޭ ހައްދަވައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް މި ސަރަހައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށް އެބޭފުޅުން އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް ރަސްދޫގެ އިޤްތިޞާދު ސަލާމަތްކުރުމަށް ބޭނުންވާ ކަންކަން އެ ބޭފުޅުން ޙިއްޞާކުރެއްވި އެވެ.

މީގެ އިތުރުން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ފާހަގަކުރެއްވި ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެކަމަށެވެ. އަދި އެކަންކަމަށް ވީހާވެސް އަވަހަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދޅާުވި އެވެ.

އަދި ރަސްދޫ ކައިރީ އޮންނަ ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޖިނިއަރިންގް ދާއިރާގެ ތަހުލީލުތައްކުރެވޭ ގޮތަށް އިމާރާތެއް އަޅާނަން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް ޒިޔާރަތްކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންޑޮލަރު ފިޔަވަޅުތައް: ދިރާސާތަކާއި ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ މުޅި އިގްތިސާދަށް ދުޅަހެޔޮކަން ލިބޭނެ ސިޔާސަތުތަކެއްރިޕޯޓް | 2 ދުވަސް ކުރިން ސިޔާސީ އޮއިވަރާ އެކު ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައި: ރައީސްޚަބަރު | 2 ދުވަސް ކުރިން