logo
E-Platinum
ކުޅިވަރު

އިޓާލިއަން ސެރީއާ: 4 ދުވަސްތެރޭ ދެވަނަ ފަހަރަށް ލާޒިއޯއިން ނަޕޮލީ ބަލިކޮށްފި

އަބްދުﷲ ޣާނިމް
9 ޑިސެމްބަރު 2024 - 05:38
އިޓާލިއަން ސެރީއާ: 4 ދުވަސްތެރޭ ދެވަނަ ފަހަރަށް ލާޒިއޯއިން ނަޕޮލީ ބަލިކޮށްފި

އިޓާލިއަން ސެރިއާ ގައި ލާޒިއޯ ނަޕޮލީގެ މައްޗަށް ގަދަވެގެންފިއެވެ. ނަޕޮލީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 0-1 ން ލާޒިއޯ މޮޅުވެގެންނެވެ. ރޭގެ ބައްޔާއެކު ނަޕޮލީ 4 ދުވަސްތެރޭގައި ދެފަހަރަށް ލާޒިއޯއަތުން ބަލިވީއެވެ. އެގޮތުން މިދިޔަ ހުކުރުދުވަހުގައި ލާޒިއޯ ވަނީ ނަޕޮލީ ބަލިކޮށް އެޓީމު ކޮޕާ އިޓާލިއާ އިން ބޭރުކޮށްފައެވެ. އަދި ރޭގެ މޮޅާއެކު ލާޒިއޯވަނީ ނަޕޮލީއާއި ދެކޮޅަށް އެންމެފަހުން ކުޅުނު 3 މެޗު ކާމިޔާބުކޮށްފައެވެ. މިއީ ކުލަބުގެ ތާރީޚީ ރެކޯޑެކެވެ.

 

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނަޕޮލީއިންވަނީ ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއްލިބި ބޭކާރުކޮށްލާފައެވެ. މެޗުގެ ހަމައެކަނި ގޯލަކީ މެޗު ނިމޭން 10 މިނެޓަށްވެފައި ވަނިކޮށް ޑެންމާކުގެ އައިސެކްސަން ޖެހިގޯލެކެވެ.

 

ރޭގެ ބައްޔާއެކު ތާވަލުގެ އެއްވަނައަށް އަނބުރާ ދިޔުމަށް ނަޕޮލީއަށް ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ. އެގޮތުން މިހާރު ނަޕޮލީއޮތީ 32 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައިގައެވެ. ތާވަލުގެ އެއްވަނައިގަ އޮތީ އެޓަލާންޓާއެވެ. އަދި ރޭގެ މޮޅާއެކު ލާޒިއޯވަނީ ތާވަލުގެ 3 ވަނައިގައިވާ އިންޓަރ އާއި 4 ވަނައިގައިވާ ފިއޮރެންޓީނާ އާއި އެއްވަރަށް ޕޮއިންޓް ހޯދައިގެން ގޯލުތަފާތުން ތާވަލުގެ 5 ވަނައިގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސިމެން އެނބުރި ގަލަޓަސަރާއީ އަށް، ނަޕޮލީގެ ސަޕޯޓަރުން ރަތަށްކުޅިވަރު | ދުވަހެއް ކުރިންސިޓީގެ ކެޕްޓަން ޑިބްރޫނާ ނަޕޮލީއަށްކުޅިވަރު | މަހެއް ކުރިން ސެރީ އޭ ޗެމްޕިއަންކަން ނަޕޮލީއަށްކުޅިވަރު | 2 މަސް ކުރިން އިންޓަރ ފުރުސަތު ނަގާލައިފި، ޗެންޕިއަންކަން ޔަޤީންވާނީ އެންމެ ފަހު މެޗުގައިކުޅިވަރު | 2 މަސް ކުރިން