logo
Bank of Maldives

Bank of Maldives

ޚަބަރު

މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަޝްފާގް ހަމަޖައްސައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
3 ސެޕްޓެމްބަރު 2024 - 06:22
އަޝްފާގް: އޭނާ ވަނީ މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައި  ފޮޓޯ/ މިހާރު
އަޝްފާގް: އޭނާ ވަނީ މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައި ފޮޓޯ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަޙީމް އަބްދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުރައިދޫ ގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފިއެވެ.

އަޝްފާގް އެ މަގާމަށް ހަމަޖެއްސިކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށްދީފައިވާއިރު، އޭނާ އެ މަގާމަށް އައްޔަނުކުރެވުނީ ހުސްވި ޖުލައި މަހުގެ ފަހުކޮޅުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޝްފާގް އެ މަގާމަށް އައްޔަނުކުރެވުނީ ކިހާވަރެއްގެ މުސާރައަކަށް ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސުން ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމުގައިވާ މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަޝްފާގް އައްޔަނުކުރެވުނުއިރު، އެ ގޭގެ  އެންމެ އިސްވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނީ މަޝްހޫރު ނޫސްވެރިޔާ އާދަމް ޙަލީމް (މުންޑޫ) އެވެ. އެގޮތުން މުންޑޫ ވެސް އެ މަގާމަށް އައްޔަނުކުރީ ހުސްވި ޖުލައި މަހުގެ ފަހުކޮޅުއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަޝްފާގަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އަޝްފާގަކީ 2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާ ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި ދަގަނޑޭ ވަނީ 58 ގޯލު ކާމިޔާބުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޫލް ސްކޫލް މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެޚަބަރު | 6 ދުވަސް ކުރިން ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިޚަބަރު | 6 ދުވަސް ކުރިން19 ވަނަ މަޖިލިސް ހިންގާފައި ވަނީ ސަރުކާރެއް ގޮތަށް ކަމަށް ފަލާހު ސިފަ ކުރައްވައިފިޚަބަރު | 6 ދުވަސް ކުރިންގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފްޚަބަރު | 9 ދުވަސް ކުރިން