logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމުގެ ނަފާ ނެރެވޭނީ މަހަށް ހަމަ އަގުދީގެން، ސަރުކާރުން ކުރަނީ އެކަން: މެމްބަރު ސިނާން

އާމިނަތު ޝަފާ
10 ޑިސެމްބަރު 2024 - 10:11
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން

މަސްވެރިކަމުން އެދެވޭ ނަފާ ނެރެވޭނީ މަސްވެރިންނަށް މަހުގެ ހަމަ އަގު ދެވިގެންކަމަށާއި އަދުގެ ސަރުކާރުން ކުރަނީ އެމަސައްކަތްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު އިތުރަށް ވިދާޅުވީ މަސްވެރިކަމަށް ބޭނުންވަނީ ދެމެހެއްޓެނިވި ތަރައްގީކަމަށެވެ. ފަތުރުވެރިކަންކުރިއެރުވަމަށް ކުރާ ހޭދައިގައި ކުޑަ އިންސައްތައެއް ހޭދަކޮށްގެން ރާއްޖޭގެ މަހުގެ އަގު އިންޓަނޭޝަލް މާރކެޓްގައި އިތުރުކުރެވޭނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ މަސްވެރިކަމުން އެދެވޭ ނަފާ ނެރެވޭނީ މަސްވެރިންނަށް މަހުގެ ހަމަ އަގު ދެވިގެންކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިވީ އަހަރެއްހާ ދުވަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ތަފާތު މަސައްކަތްތަކެއް ކޮށް ބަދަލުތަކެއް ދައްކުވައިދީފައިވާކަމަށް ވިދާޅުވެ އަދުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއަށް މަސްވެރިކަން ކުރިއެރުވޭނެކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސް މަސްވެރިންނަށް ވީ ވައުދުފުޅުތައް ފުއްދަމުންދާއިރު މިއަދުން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ލިބިގެން ދާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި ރައީސް ވިދާޅުވީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށެވެ.

މިއަދުން ފެށިގެން ބީއެމްއެލްގައި އެކައުންޓު ހުޅުވާފައިވާ ދޯނިތަކަށް 48 ގަޑިއިރު ތެރޭ ބިލަށް ފައިސާ ޖަމާވާނެ ކަމަށާއި މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ ވެސް ޖަމާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން އަންނަނީ މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދާ ދިނުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | ގަޑިއިރެއް ކުރިންހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 8 ގަޑިއިރު ކުރިންވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެޚަބަރު | ދުވަހެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 2 ދުވަސް ކުރިން