logo
Bank of Maldives

Bank of Maldives

ވިޔަފާރި

ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.89 މިލިއަނަށް

އަޙްމަދު ޒަލީފް
10 ޑިސެމްބަރު 2024 - 15:04
ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.89 މިލިއަނަށް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.89 މިލިއަނަށް އަރައިފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ އެ މުއްދަތުގައި 1,538,513 ފަތުރުވެރިން ރާއްޖެ ޒިޔާތް ކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 1,735,685 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,888,845 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް 255,200 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ 13.5 އިންސައްތައެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް ޖުމުލަ 209,923 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ލިސްޓުގައި އޮތް އިނގިރޭސި ވިލާތުން މިހާތަނަށް 165,144 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފިޚަބަރު | 14 ދުވަސް ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 15 ދުވަސް ކުރިންބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން