logo
MPL

MPL

ޚަބަރު

ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، ހުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
3 ސެޕްޓެމްބަރު 2024 - 09:04
ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން
ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން

ދިވެހި ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޝަރަފު، ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުއްވުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު އޮންނަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތުގެ ރޮނގުން، ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަސައްކަތްކުރައްވައި، ޢިލްމު ފެތުރުއްވުމަށް ހުސައިން ޞަލާޙުއްދީން ކުރެއްވީ ޤައުމީ ޚިދުމަތެއް ކަމުގައި ވާތީއެވެ.

އެ ޝަރަފު އެރުވުމުގެ ގޮތުން އަރުވާނީ ޝަރަފުގެ އައްޑަނަ ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.

"މި ޝަރަފު އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ. ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ،" އެ ބަޔާނުގައި ބުންޏެވެ.

ދިވެހި ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ޝަރަފު އެފަދަ ފަރާތްތަކަށް ދެއްވަނީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ރާއްޖޭގެ ޖީޑީޕީގެ %15 ޑިޖިޓަލް އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 އަށް ކަނޑައަޅާފައިވާ އަމާޒެއް: ރައީސްޚަބަރު | 13 ގަޑިއިރު ކުރިންރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝުކޫރުޚަބަރު | 17 ގަޑިއިރު ކުރިންކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއްކަމުގައި ދެކެންޖެހޭ: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން