logo
Bank of Maldives

Bank of Maldives

ޚަބަރު

މީރާގެ ބޯޑަށް ދަހާ ޢައްޔަން ކުރުމަށް ރުހުންދީފި

އަޙްމަދު ޒަލީފް
12 ޑިސެމްބަރު 2024 - 12:30
މީރާގެ ބޯޑަށް ދަހާ ޢައްޔަން ކުރުމަށް ރުހުންދީފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ދަހާ ޝުއައިބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ދަހާއަށް ރުހުންދީފައިވަނީ 69 މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީން ކުރި އިންޓަވިއުން ދަހާއަށް 96.61 އިންސައްތަ ލިބިފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު ސިޓީފުޅުގައި ވަނީ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އާންމުކޮށްގެން ހުޅުވާލައިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ނަންތައް ފޮނުވާފައިވާ ތަރުތީބުން އިސްކަންދެއްވައިގެން އެ މައްސަލަ ދިރާސާކޮށްދިނުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.

ދެން ފޮނުވި 4 ބޭފުޅުންނަށް ލިބިފައިވަނީ 75 އިންސައްތައަށް ވުރެ ދަށް މާކްސްއެކެވެ.

އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓް ހުށަހަޅުއްވައިދެމުން އެ ކޮމިޓީގެ މުގައްރިރު, ފުވައްމުލަކު މެދު ދާއިރު މެންބަރު އަލީ ފަޒާދު ވިދާޅުވީ ދަހާއަކީ އިލްމީ ގާބިލުކަމާއި ޓެކްސްގެ ދާއިރާގެ ތަޖުރިބާހުރި, ކުރިއެރުމަށް އާންމު ތަސައްވުރެއް ގެންގުޅޭ ފަރާތެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަލުވިކޮށް ހަރުދަނާ ކުރަނީ ޚަބަރު | މަހެއް ކުރިންއާމްދަނީ 6.9 އިންސައްތަ މައްޗަށް ގޮސް، ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެޚަބަރު | 5 މަސް ކުރިންއެއާޕޯޓް ޓެކްސް އާމްދަނީ އިތުރުވެއްޖެ ޚަބަރު | 7 މަސް ކުރިންޑޮލަރުން ލިބުނު އާމްދަނީ ބިލއަނަކަށް ވުރެ މައްޗަށް ޚަބަރު | 8 މަސް ކުރިން