logo
MPL

MPL

ޚަބަރު

ބަންޑާރަނައިބުގެ އޮފީސް ސިވިލްސާވިސް އިން ވަކިކުރާ ބިލު ބަލައިގެންފި

އާމިނަތު ޝަފާ
12 ޑިސެމްބަރު 2024 - 13:39
މެމްބަރު ރިފާއު
މެމްބަރު ރިފާއު

ބަންޑާރަ ނައިބުގެ އޮފީސް ސިވިލްސާވިސްއިން ވަކިކޮށް ވަކި ޚިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަނެ، ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އެވެ. މި ބިލު މަޖިލީހުން ބަލައިގެންފައިވަނީ 65 މެމްބަރުންގެ ތާއީދާއެކުގައެވެ. ބަންޑާރަ ނައިބުގެ އޮފީހަކީ މިހާރު ސިވިލް ސާވިސްގެ ދަށުން ހިންގާ އޮފީހެކެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ޤާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ޤާނޫނުތަކެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.

މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ ބަންޑާރަ ނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް، އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާ ގުޅޭ އުސޫލުތަކާއި މުވައްޒަފުންނާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައަޅަން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމެވެ.

ރިފާއު ހުށަހެޅުއްވި ބިލުގައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ. އަދި ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ކަނޑައަޅަފައި ވެއެވެ.

ބަންޑަރަ ނައިބުގެ އޮފީހާއި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާށްވެސް ބިލުގައި ހިމަނާފައިވެ އެވެ.

މި ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ.

މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުކަމަށްވެސް ބިލުގައިވެއެވެ.މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނުއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | 2 ގަޑިއިރު ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: އިބްރާހީމް މުޙައްމަދުޚަބަރު | 3 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް ކުރަށްވަނީ ވަރަށް ބުރަ މަސައްކަތްޕުޅެއް: އިބްރާހިމް ހުސައިންޚަބަރު | 3 ގަޑިއިރު ކުރިން