logo
E-Platinum
ޚަބަރު

ރައްޔިތުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނަން - އެންވަޔަރމަންޓް މިނިސްޓްރީ

އަޙްމަދު ޒަލީފް
12 ޑިސެމްބަރު 2024 - 13:55
ރައްޔިތުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނަން - އެންވަޔަރމަންޓް މިނިސްޓްރީ

އެންވަޔަރމަންޓް މިނިސްޓްރީން ރައްޔިތުންނަށް ދެމުން އައި ޚިދުމަތްތައް މި ވަގުތަށް މެދުކެނޑިފައިވީ ނަމަވެސް އެ ޚިދުމަތްތައް އަލުން ދިނުމުގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ މިހެން ބުނެފައިވަނީ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން، ހައުސިންގ މިނިސްޓްރީއާއި އެންވަޔަރމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ 2 އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެތަންތަނުގައި ހުރި ތަކެއްޗާއެކު އަނދައިގެން ގޮސްފައިވާކަމަށާއި އަދި މި ހާދިސާއާއި ގުޅިގެން އެ ވުޒާރާގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ހާދިސާގެ ސަބަބުން އެ ވުޒާރާއިން ދެމުންގެންދާ ޚިދުމަތްތައް މިވަގުތު މެދު ކެނޑިފައިވީނަމަވެސް އެ ޚިދުމަތްތައް ދެވޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަން އިންތިޒާމު ކުރެވުނުހާ އަވަހަކަށް އާންމުކޮށް އަންގާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ މި ހާދިސާއާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާއްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރޭތަކެތި ހިމާޔަތް ކުރާ ރޭންޖާސް ކޯސް، 17 ބައިވެރިއަކު ފުރިހަމަކޮށްފި ޚަބަރު | 20 ދުވަސް ކުރިން5 މިލިއަން ގަސް: ލަންކާއިން ހަދިޔާ ކުރި ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްޚަބަރު | 2 މަސް ކުރިންފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިޚަބަރު | 3 މަސް ކުރިންމިނިސްޓްރީތައް ދަރުބާރުގެއަށް، ހިދުމަތްދޭން ފަށައިފި ޚަބަރު | 8 މަސް ކުރިން