logo
Bank of Maldives

Bank of Maldives

ޚަބަރު

"ވަށައިގެން ހުރި އިމާރާތްތަކަށް ލިބިފައިވަނީ ކުދި ގެއްލުން، އެސެސްމަންޓް ވަރަށް އަވަހަށް ނިންމާލާނަން"

އާމިނަތު ޝަފާ
13 ޑިސެމްބަރު 2024 - 04:37
އަލިފާން ރޯވި ހައުސިން މިނިސްޓްރީ އިމާރާތް
އަލިފާން ރޯވި ހައުސިން މިނިސްޓްރީ އިމާރާތް

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ވަށައިގެން ހުރި އިމާރާތްތަކަށް ލިބިފައިވަނީ ކުދި ކުދި ގެއްލުންތައް ކަމަށާއި އެހެންނަމަވެސް ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މެންދުރު ޓީވީގެ ހަބަރުގައި މައުލޫމާތު ދެެއްވަމުން ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ދިވެހިންނެކޭ އެއްފަދައިން ބިދޭސީންނަށް ވެސް އެހީ ތެރިކަން ފޯރުކޮށްދީފައިވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ގެއްލުންވި އިމާރާތްތަކުގައި އުޅޭ 3 ގެއެއްގެ 29 މީހުންނަށް 5 ދުވަހަށް ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން."

އެސެސްމަންޓް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށާއި އަލިފާނުގެ ހާދިސާގައި ވަށައިގެން ހުރި އިމާރާތްތަކަށް ލިބިފައިވަނީ ކުދި ކުދި ގެއްލުންތައްކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެ އިމާރާތްތަކަކީ ސީދާ އަލިފާނުގެ ސަބަބުން ގެއްލުންވި ތަންތަން ނޫންކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން 50 މީހުން އެހީތެރި ކަމަށް އެދުނު ކަމަށާއި އެ މީހުންގެ ރަޖިސްޓްރޭޝަން ހަދާފައިވާކަމަށް އިއްޔެ އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 3 މިނިސްޓްރީއެއްގެ ހިންގުން ވަނީ ހުއްޓިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވޭ: އެންޑީއެމްއޭޚަބަރު | 5 ގަޑިއިރު ކުރިންނަސްރު ބޯޓު އަޑިއަށް ދިޔުމުން ގެއްލުން ލިބުނު މީހުންނަށް ބަދަލުދޭން މައުލޫމާތު ހުށަހަޅަން އެދިއްޖެޚަބަރު | 7 މަސް ކުރިންވީނަސްގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ތިން މީހަކަށް އެހީވެއްޖެޚަބަރު | އަހަރެއް ކުރިންސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ "ވިލުންތެރި20" މަޢުރަޒު ހުޅުވައިފިޚަބަރު | އަހަރެއް ކުރިން