logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގުކުރަނީ ސަރުކާރަށް ތާއީދު ގެއްލޭތީ: ޝާހިދު

އާމިނަތު ޝަފާ
13 ޑިސެމްބަރު 2024 - 06:30
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މަޖިލީހުން ފާސްކުރީ މި ސަރުކާރުގެ ނާކާމިޔާބީ އާއި ގެއްލިފައިވާ ތާއީދު ފޮރުވަން ކަމަށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މި ނިންމުމަކީ އެއްވެސ އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައި ނިންމުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ކަން ޝާހިދުވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ ތަޅުމުން ކޮމިޓީގެ ރިޕޯޓް މިއަދު ފާސްކުރީ 55 މެންބަރުންގެ ތާއީދާއެކުގައެވެ. ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.ކޮމިޓީއަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރައްވި މި މި ހުށަހެޅުން ފާސްވީ ހަ މެންބަރުންގެ ތާއީދާ އެކުއެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި ބަދަލުގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާއިން ނުހައްގުން ދީފައިވާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޖީނާއީ ތަހުގީގެއް ހިންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.އެ ތިން މީހުންނަކީ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްއާއި, ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި, ސެޓްލްމަންޓް އެގްރީމަންޓް ތަކަށް ވާސިލް ވުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.

މާލިއްޔަތު ކޮމިޓީގައި މަމްދޫހު ވިދާޅުވީ ސެލްޓްމަންޓް ކޮމިޓީ މެދުވެރިކޮށް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 36 ރަށާއި ހަ ފަޅާއި އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ރައީސް ސޯލިހްގެ ވެރިކަމުގައި ދޫކޮށްފައިވާ ކަމަށެވެ.މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ވަނީ 2019 އިން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށްވެސް ކަނޑައަޅާފަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ ރައީސް ސޯލިހް އުފައްދަވާފައި އޮތް ސެޓްލްމަންޓް ކޮމިޓީ އުވާލައްވާފައެވެ.މި ސެޓުލްމެންޓު ކޮމިޓީންވަނީ ފަައިސާއާއި ހަރުމުދަލުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ބަދަލުތައް ހަމަޖައްސާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | 3 ގަޑިއިރު ކުރިންޝާހިދަށް މަރުހަބާ ކިޔާށާއި ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ މެމްބަރު ބައިވެރިނުވާން އަންގާ މައްސަލަ ހޫނުވެއްޖެޚަބަރު | 19 ދުވަސް ކުރިން"ވަރަށް މަސައްކަތް ކުރެވިއްޖެ! ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަން މީހުން ނުނިކުތް!" - ފައްޔާޒުޚަބަރު | 19 ދުވަސް ކުރިންޑޮލަރުގެ މައްސަލައިގައި އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ ނާމިޔާބީ، މިހާރު ފާޑުކިޔަނީ މާޒީގެ ހަގީގަތް ފޮރުވަން؟ރިޕޯޓް | 20 ދުވަސް ކުރިން