logo
MPL

MPL

ކުޅިވަރު

ޔުއޭފާ ޔޫރޮޕާ ލީގު: ހަނި ގޮތަކަށް މެންޗެސްޓަރ ޔުނައިޓެޑު ވިކްޓޯރިއާއަތުން މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
13 ޑިސެމްބަރު 2024 - 07:46
ގޯލް ޖެހި ހޮއިލަންޑް. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު
ގޯލް ޖެހި ހޮއިލަންޑް. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

ޔުއޭފާ ޔޫރޮޕާ ލީގުގައި ރޭގައި ޗެޗިޔާގެ ވިކްޓޯރިއާ ޕުލްޒެން އާދެކޮޅަށްކުޅެ ހަނިގޮތަކަށް މެންޗެސްތަރ ޔުނައިޓެޑު މޮޅުވެއްޖެއެވެ. މިމެޗު ޔުނައިޓެޑް ކާމިޔާބުކުރީ 1-2 ންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ޗެޗިޔާގައި ރޭގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ގޯލަކީ ޔުނައިޓެޑުގެ ކީޕަރު އޮނާނާއަށް ހެދުނު ގޯހަކާއި ގުޅިގެން ލިބުނު ބޯޅައަކުން ވިދްރާ ޖެހިގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުނިމުނީ ވިކްޓޯރިއާ ކުރީގައި އޮވެގެންނެވެ. ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަހާފުގައި ކުޅެންނިކުތް ހޮއިލަންޑްއެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އަމަދު ޑިއާލޯ ޖެހިބޯޅައެއް ކީޕަރުއަތުގައި ޖެހިފައި ނިކުތުމުން ލިބުނު ފުރުސަތުގައި ހޮއިލަންޑު ފޮނުވާލިބޯޅަ ވަނީ ގޯލަށްވަދެފައެވެ. މީގެ އިތުރުންވެސް ޔުނައިޓެޑަށްވަނީ މެޗުގައި ގޯލުޖަހާނެ ގިނަފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. ޔުނައިޓެޑުގެ ފަހުގޯލު ކާމިޔާބުކޮށްދިނީވެސް ހޮއިލަންޑްއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ފަހު ދެމިނެޓުގައި ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން ބްރޫނޯ ދިން ޕާހުން ހޮއިލަންޑުވަނީ ޔުނައިޓެޑު މޮޅުކޮށްދީފައެވެ. ރޭގެ ގޯލާއެކު ހޮއިލަންޑް އޮތީ 6 ގޯލާއެކު ޔޫރޮޕާލީގުގެ ގޯލު ޗާޓުގެ އެއްވަނައިގައެވެ.

 

މިއީ މިދިޔަ 20 މަސްދުވަހުގެ ތެރޭގައި ޔުނައިޓެޑު ޔޫރަޕުގެ މުބާރާތެއްގައި އަމިއްލަ ދަނޑުން ބޭރުގައި މޮޅުވި ފުރަތަމަ ފަހަރެވެ.

 

ރޭގެ މޮޅާއެކު ޔުނައިޓެޑުވަނީ ޔޫރޮޕާލީގުގެ ތާވަލުގެ 7 ވަނައަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | 21 ގަޑިއިރު ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 5 ދުވަސް ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 6 ދުވަސް ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 10 ދުވަސް ކުރިން