logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީކް ސީޒަންގައި ޓޫރިޒަމް ދެ ޕަސެންޓް ދަށްވެފައިވީ ނަމަވެސް ޖުމްލަ އަދަދު މައްޗަށް

ސުދާ ލަތީފް
14 ޑިސެމްބަރު 2024 - 05:49
ޓޫރިސްޓުންތަކެއް ރާއްޖޭގެ ރަށެއްގައި
ޓޫރިސްޓުންތަކެއް ރާއްޖޭގެ ރަށެއްގައި

ބޭރު ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސްތަކާއި ފީތައް ބޮޑުކޮށްފައިވަނިކޮށް، މި ޑިސެމްބަރު މަހު ފެށި ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަންގައި ޓޫރިސްޓުން އަންނަ ނިސްބަތް ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 63،523 ޓޫރިސްޓުންނެވެ. ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 62،249 އަށް ދަށްވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، ދެ ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ ނޮވެމްބަރު މަހާ އަޅާބަލާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު ވެސް މި މަހުގެ ފުރަތަމަ 11 ދުވަހު ވަނީ ދަށަށް ގޮސްފަ އެވެ.

މިދިޔަ މަހު ދުވާލަކު އެވްރެޖުކޮށް 5،766 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވިޔަސް އެ އަދަދު މި މަހުގެ ފުރަތަމަ 11 ދުވަހު ވަނީ 5،659 އަށް ވެއްޓިފަ އެވެ.

މި އަހަރުގެ ޓްރެންޑާ އެއްގޮތަށް، އެއް ގައުމަކުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އަދިވެސް ޗައިނާ އިންނެވެ. މިދިޔަ އަހަރު ތިން ވަނައިގެ އޮތް ޗައިނާ އިން، މި އަހަރުގެ މިހާތަނަށް 256،197 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

މިދިޔަ އަހަރު އެއްވަނައިގައި އޮތް އިންޑިއާ މި އަހަރު ވަނީ އެ ލިސްޓުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. އެ ލިސްޓުގެ ދެވަނައިގައި، ރަޝިއާ، ތިންވަނައިގައި އިނގިރޭސި ވިލާތް އަދި ހަތަރު ވަނައިގައި އޮތީ ޖަރުމަނެވެ.

މި މަހުގެ ފުރަތަމަ 11 ދުވަހު ޓޫރިސްޓުން އައި އަދަދު ދަށްވެފައިވިޔަސް، މި އަހަރު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ.

މި މަހުގެ 11 އާ ހަމައަށް 1،899،884 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،747،370 ޓޫރިސްޓުންނެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސްއަށް ގެނައި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް ބަދަލެއް ނަޔަސް، ބިދޭސީންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރަށް ބޮޑުވާނެ އެވެ.

ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ ވެސް 120 ޑޮލަރަށް ބޮޑުވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240 ޑޮލަރަށް ބޮޑުވާނެ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިޒަމް ސިމްޕޯޒިއަމް 2025 ނިންމާލައިފި ޚަބަރު | 22 ދުވަސް ކުރިންސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެޚަބަރު | 22 ދުވަސް ކުރިންފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިޚަބަރު | މަހެއް ކުރިންފަތުރުވެރިންގެ އަދަދު 9.6 އިންސައްތަ އިތުރުވެއްޖެޚަބަރު | މަހެއް ކުރިން