logo
Bank of Maldives

Bank of Maldives

ޚަބަރު

ފަސްޓް ލޭޑީ ސާޖިދާ، "ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޑިސެމްބަރު 2024 - 02:27
ފަސްޓް ލޭޑީ ސާޖިދާ، "ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، "ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވައިފިއެވެ.

ކ. ހުރާގައި ތަރައްގީކޮށްފައިވާ މި މައިޒާން ހުޅުއްވައިދެއްވުމަށް މެޑަމް ސާޖިދާ އިއްޔެ އެރަށަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެ ކަމަނާއަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހުރާ އެކުވެރި ހިޔާ" އަކީ ރަށު ރައްޔިތުން އެއްތަންވެ އެކުވެރިކަން އާލާކުރުމުގެ ބޭނުމުގައި އަޅާފައިވާ ބިނާއެކެވެ.

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ހުރާއަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މި ބިނާގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޖީލު ވަރަށް ބޮޑަށް ޑިޖިޓަލައިޒްވެފައިވާކަން ފާހަގަކުރަށްވައި، އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދައްކާލުން މި އޮތީ ވަރޗުއަލް ކަމަކަށް ބަދަލުވެފައިކަމުގައި މެޑަމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި އެކަކު އަނެކަކާއި ސީދާ ބައްދަލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިފަދަ ހިޔާއަކުން އެ މަގުސަދު ހާޞިލުވެގެންދާނެކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު، މެޑަމް ސާޖިދާ ވަނީ ހުރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންނާއެކު "ހުރާ އެކުވެރި ހިޔާ"ގައި ވަގުތު ހޭދަކޮއްލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެއަތުވި ދެ އަހަރުތެރޭ މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރި ކަމަށް ކުރި އެރުންތަކެއް ލިބިއްޖެޚަބަރު | 3 ދުވަސް ކުރިންއެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން: ފަސްޓް ލޭޑީޚަބަރު | 10 ދުވަސް ކުރިންރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ފަސްޓް ލޭޑީ ނެރެދެއްވައިފިޚަބަރު | މަހެއް ކުރިންޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިން