logo
E-Platinum
ވިޔަފާރި

ޓެކްސް އާމްދަނީ 15 ބިލިއަނަށް އަރައިފި

މެންދުރު ޓީމް
12 އޯގަސްޓު 2024 - 06:44
 ޓެކްސް އާމްދަނީ 15 ބިލިއަނަށް އަރައިފި

މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ޓެކްސްގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 14 ބިލިއަން ރުފިޔާއެވެ.

ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހު ޓީޖީއެސްޓީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރަށްވުރެ 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޖީއެސްޓީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންނަމަވެސް، ވިޔަފާރީގެ ފައިދާއިން ލިބުނު ޓެކްސް 80 ޕަސެންޓު ދަށަށް ގޮސް، މި އަހަރުގެ ފުރަތަމަ ހަތް މަހު ލިބިފައިވަނީ 17 މިލިއަން ރުފިޔާއެވެ.

ޓެކްސް ފިޔަވައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. މި އަހަރުގެ ހަތް މަހު ބިލިއަނެއްހާ ރުފިޔާ ލޭންޑު ރެންޓުގެ ގޮތުގައި ލިބުނުއިރު، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 670 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ 6.9 އިންސައްތަ މައްޗަށް ގޮސް، ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެޚަބަރު | 3 މަސް ކުރިންއެއާޕޯޓް ޓެކްސް އާމްދަނީ އިތުރުވެއްޖެ ޚަބަރު | 6 މަސް ކުރިންޑޮލަރުން ލިބުނު އާމްދަނީ ބިލއަނަކަށް ވުރެ މައްޗަށް ޚަބަރު | 7 މަސް ކުރިންމީރާގެ ބޯޑަށް ދަހާ ޢައްޔަން ކުރުމަށް ރުހުންދީފި ޚަބަރު | 8 މަސް ކުރިން