logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަހަރީފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭ ގޮތުގެ ގަވާއިދު އާންމު ކޮށްފި

ހުސައިން ވަސީމް
15 ޑިސެމްބަރު 2024 - 12:18
އަހަރީފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭ ގޮތުގެ ގަވާއިދު އާންމު ކޮށްފި

އެއްގަމު އުޅަނދާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުތަކުން ނުދެއްކި ހުރި އަހަރީ ފީ އާއި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތް ހެދުމަށް ގަވާއިދެއް އާންމުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި ގަވާއިދުގައިވާ ގޮތުން، ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކާއި އެއްގަމު އުޅަނދުފަހަރު ތަކުން އަހަރީ ފީ އާއި ޖޫރިމަނާ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.

ބަހާލައިގެން ފައިސާ ދެއްކުމުގެ ޝަރުތު ހަމަވަނީ ދައުލަތަށް ދައްކަންޖެހި ނުދެއްކި ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ ބޮޑުވުމާއި، ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވެފައިވުމާއި، ގަވާއިދުގެ ދަށުން ފައިސާ ބަހާލައިގެން ދައްކަން އަމިއްލައަށް ހުށަހެޅުމާއި މީގެކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުމާއި، އުޅަނދުގެ ވެރިފަރާތް ކަމުގައިވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވާއިދުގައި ބުނެފައިވާ ގޮތުން އުޅަނދުތަކުގެ އަހަރީފީ އަދި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަ ފޯމަކުންނެވެ. އެ ފޯމު ހުށަހެޅުމުން 10 ދުވަސްތެރޭގައި މިނިސްޓްރީން ކޮމިޓްމަންޓް ފީއެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ގަވާއިދުގައިވެ އެވެ. ކޮމިޓްމަންޓް ފީ 14 ދުވަސްތެރޭ ދައްކަން ޖެހޭ އިރު މި މުއްދަތުގައި އެ ފައިސާ ނުދެއްކިިއްޖެ އެ ފުރުސަތު އެމީހަކަށް ގެއްލޭނެ އެވެ.

އަދި އެ ފޯމު ހުށަހެޅި ފަރާތާއި މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް ހަދަންޖެހޭ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް އޮންނާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ކުރާނަމަ ހާއްސަ ހުއްދައެއް ނެގުން މަޖުބޫރުޚަބަރު | 2 މަސް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިން60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!ޚަބަރު | އަހަރެއް ކުރިންރޯދަމަހު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި ޚަބަރު | އަހަރެއް ކުރިން