logo
Bank of Maldives

Bank of Maldives

ޚަބަރު

އައު ރޭޓުގައި ޓީޖީއެސްޓީ ނެގުމަށް ތައްޔާރުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
16 ޑިސެމްބަރު 2024 - 06:37
މީރާ އޮފީސް
މީރާ އޮފީސް

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ ރޭޓަށް ބަދަލު ގެނައުމަށް ނިންމާފައިވާތީ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްތައް ދޭ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް އިލްތިމާސްކޮށްފިއެވެެ.

ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާގައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި ހަތްވަނަ އިސްލާހުގެ ދަށުން ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް 17 ޕަސަންޓަށް ބޮޑުވާނެ ކަން ހަނދާންކޮށްދީ މި ތާރީހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޖީއެސްޓީ ނަގަންވާނީ އައު ރޭޓުކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުމާއެކު ވީމާ 1 ޖުލައި 2025 އިން ފެށިގެން އާ ރޭޓުގައި ޖީއެސްޓީ ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގައި އެ ތާރީހުން ފެށިގެން އާ ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލައި ރާވައިގެން ކުރިއަށް ގެންދިއުމަށް ސާކިއުލާގައިވަނީ އިލްތިމާސްކޮށްފައެވެ.

އަންނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓަކީ 16 އިންސައްތައެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 1415 އަށް ގުޅުއްވުން ނުވަތަ mv.gov.mira@1415 އަށް އީމޭލްކުރެއްވުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 14 ދުވަސް ކުރިންދަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ބަހާލައިން ޓެކްސް ދެއްކޭ ނިޒާމު ވެސް އޮވޭ: މީރާޚަބަރު | 24 ދުވަސް ކުރިންއިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވަނީޚަބަރު | މަހެއް ކުރިންސްޕޭސްއެކްސް ހިއްސާގެ ބާޒާރަށް ނިކުތުމާއެކު، ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް!ޚަބަރު | 2 މަސް ކުރިން