logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޔަރުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި

އަޙްމަދު ޒަލީފް
17 ޑިސެމްބަރު 2024 - 15:16
ހައްޔަރުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި

ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެހިކަލްތަކަށް ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި ހައްޔަރުކޮށް ބަންދުކުރި ދެ ޑްރައިވަރުން ޝަރުތުތަކާ އެއްކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ދެ ޑްރައިވަރުން:

Ad by Hajj Corporation

Ad by Hajj Corporation

މއ. ވިރާހު، މުޙައްމަދު ޝާމިން

ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން

މުޙައްމަދު ޝާމިން އާއި އަޙްމަދު ޝަބީން ދޫކޮށްލި ނަމަވެސް ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ޝަރީފު އަދިވެސް ހުރީ ބަންދުގަ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ.

ސަރުކާރުން، ޓެކްސީ ޑްރައިވަރުން މަގުމަތިކޮށްފައިވާކަމަށް ބުނެ ކުރިއަށް ގެންދިޔަ މި އިހުތިޖާޖު ފުރަތަމަ ބޭއްވީ ބުދަ ދުވަހުގެ ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގަ އެވެ.

އެހެންނަމަވެސް މި އިހްތިތާޖު އެރޭ ފަހުން ވަނީ ހުޅުމާލެއިން ބްރިޖަށް އަރަން އޮންނަ މަގާ ދިމާލަށް ބަދަލުކޮށްފަ އެވެ. ޑްރައިވަރުން ވަނީ އެ މީހުންގެ ޓެކްސީތައް ބޭނުންކޮށްގެން އެ މަގު ބަންދުކޮށް، ހައިވޭއަށް ނޭރޭގޮތް ހަދާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ޓެކްސީ ލައިން: ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް - ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ރަނުގެ ފުރުސަތެއް!ރިޕޯޓް | 4 ގަޑިއިރު ކުރިންކުޅުދުއްފުށި ސިޓީގައި ޓެކްސީ ޑްރައިވަރުންގެ ތަމްރީން ފަށައިފިޚަބަރު | 4 މަސް ކުރިންހައްޔަރުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި ޚަބަރު | އަހަރެއް ކުރިންހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ބަންދުގެ މުއްދަތު ޖަހައިފި ޚަބަރު | އަހަރެއް ކުރިން