logo
ކުޅިވަރު

ކޮޕާ އިޓާލިއާ: ޔުވެންޓަސް ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލަށް ގޮސްފި

އަބްދުﷲ ޣާނިމް
18 ޑިސެމްބަރު 2024 - 06:22
ފްރަންސިސްކޯ ކޮންސެއިސާއޯ ގޯލުޖެހިމަށްފަހު އުފާ ފާޅުކުރަނީ .ފޮޓޯ: ޔުވެންޓަސް
ފްރަންސިސްކޯ ކޮންސެއިސާއޯ ގޯލުޖެހިމަށްފަހު އުފާ ފާޅުކުރަނީ .ފޮޓޯ: ޔުވެންޓަސް

ކޮޕާ އިޓާލިއާގެ ޑިފެންޑިންގ ޗެމްޕިއަން ޖުވެންޓަސް، މިއަދު ކާލިއާރީއާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން މޮޅުވެ، މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ސީރީ އޭގައި އެއްވެސް މެޗަކުން ބަލިވެފައިނުވާ ޔުވެންޓަސް މިއަދުގެ މެޗުގައި ދެއްކި ކުޅުމަކީ މި ސީޒަނުގައި އެ ޓީމުން ދައްކާފައިވާ އެންމެ ރަނގަޅު ޕާރފޯމޭންސްއެވެ.

 

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޑުސަން ވްލަހޯވިޗެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. ދެވަނަ ހާފު ފެށުނުތާ މާގިނަ އިރުތަކެއް ނުވަނީސް ޓޫން ކޫޕްމައިނަރސް ވަނީ ފްރީ ކިކަކުން ޖުވެންޓަސްގެ ދެވަނަ ލަނޑު ޖަހާފައެވެ.

 

މެޗުގެ ފަހު 10 މިނެޓުގައި ސަބްސްޓިޓިއުޓެއްގެ ގޮތުގައި ކުޅެން ނުކުތް ނިކޮލަސް ގޮންޒާލެޒް ވަނީ ފްރަންސިސްކޯ ކޮންސެއިސާއޯއަށް ގޯލުޖެހިމަށް އެހީތެރިވެދީފައެވެ. އަދި މެޗު ނިމުމުގެ ކުރިން ގޮންޒާލެޒް ވަނީ ލަނޑެއް ޖަހާފައެވެ.

 

މި މޮޅާއެކު ޔުވެންޓަސް ކުއާޓަރ ފައިނަލުގައި ބައްދަލުކުރާނީ އެމްޕޮލީއާ ދެކޮޅަށެވެ. މީގެ ކުރިން ސީރީ އޭގައި މިދެޓީމު ކުޅުނު މެޗުގައި މިދެޓީމުވަނީ އެއްވަރުވެފައެވެ. އެހެންކަމުން މި ދެ ޓީމު އަނެއްކާވެސް ބައްދަލުވުމަކީ ޔުވެންޓަސްއަށް އޭގެ ބަދަލުހިފަން ލިބުނު ފުރުސަތެކެވެ.

 

ކޮޕާ އިޓާލިއާގެ ރެކޯޑު 15 ޓައިޓަލް އޮތް ޔުވެންޓަސް، މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ވިދިވިދިގެން 17 ވަނީ ދަތުރުކޮށްފައެވެ. 09-2008 ވަނަ އަހަރުން ފެށިގެން މި ބުރުގައި އެއް މެޗުން ނަތީޖާ ނެރޭ ގޮތަށް ބަދަލުކުރި ފަހުން ވެސް ޔުވެންޓަސް ކޮންމެ އަހަރަކުވެސް ކުއާޓަރ ފައިނަލަށް ދަތުރުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުވެންޓަސްއިން ޖޯއާއޯ މާރިއޯގެ ސޮއި ހޯދައިފިކުޅިވަރު | މަހެއް ކުރިންޖޮނަތަން ޑޭވިޑް ޔުވެންޓަސް އަށްކުޅިވަރު | 2 މަސް ކުރިންގްރޫޕްގެ އެއްވަނައިގައި ރެއާލް ގަދަ 16 އަށް، ވާދަކުރާނީ ޔުވެންޓަސްއާއި ދެކޮޅަށްކުޅިވަރު | 2 މަސް ކުރިންޔުވެންޓަސް ދެވަނަ މެޗުންވެސް މޮޅުވެ، ގަދަ 16 އަށްކުޅިވަރު | 2 މަސް ކުރިން