logoEN
ކުޅިވަރު

އާރސެނަލް އާއި ނިއުކާސަލް އަދި ލިވަރޕޫލް ލީގު ކަޕުގެ ސެމީފައިނަލަށް

އާރސެނަލް އާއި ނިއުކާސަލް އަދި ލިވަރޕޫލު ވަނީ މުބާރާތުގެ ކުއާތާރ ފައިނަލަށް ދަތުރުކޮށްފައި

އާރސެނަލް އާއި ނިއުކާސަލް އަދި ލިވަރޕޫލު ވަނީ މުބާރާތުގެ ކުއާތާރ ފައިނަލަށް ދަތުރުކޮށްފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

19 ޑިސެމްބަރު 2024 - 06:32

އިނގިރޭސި ފުޓްބޯޅަ ލީގުގެ ކުއާޓަރ ފައިނަލުގައި ރޭގައި އާރސެނަލް އާއި ނިއުކާސަލް އަދި ލިވަރޕޫލް ލީގު ކަޕުގައި ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުން ޓީމުތައް ޖާގަ ހޯދައިފިއެވެ.

ރޭގައި ކުޅުނު ކުއާޓަރ ފައިނަލުގައި އާރސެނަލް ބައްދަލުކުރީ ކްރިސްޓަލް ޕެލަސް އާއެވެ. މިމެޗުގައި ޕެލަސް އިން ގޯލުޖަހާފައިވަނިކޮށް ފަހަތުން އަރައި އާރސެނަލް ވަނީ 3 ގޯލު ޖަހާފައެވެ. އަދި ފަހުވަޤުތު ޕެލަސް އިންވެސް ވަނީ އިތުރު ގޯލެއް ޖަހާފައެވެ. ރޭގެ މެޗުގައި އާރސެނަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ގެބްރިއަލް ހެސޫސްއެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. މެޗުނިމުނީ 2-3 ންނެވެ.

ކުއާޓަރ ފައިނަލުގައި ނިއުކާސަލް އާއި ބްރެންޓްފޯޑް ބައްދަލުކުރިމެޗުން ނިއުކާސަލް މޮޅުވީ 3-1 ންނެވެ. ނިއުކާސަލްގެ ގޯލުތައް ޖަހައިދިނީ ޓޯނާލީ އާއި ސަރ އެވެ. ޓޮނާލީވަނީ މެޗުގައި 2 ގޯލުޖަހާފައެވެ.

ރޭގައި ކުޅެވުނު ސެމީގެ ފަހުމެޗުގައި ލިވަރޕޫލް ވަނީ ސައުތްހެމްޓަން އަތުން މޮޅުވެފައެވެ. މިމެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2-1 ންނެވެ. ލިވަރޕޫލުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ނޫނޭޒް އާއި އެލިއަޓް އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފަހުމެޗުގައި މިރޭގައި ކުޅޭނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމްއެވެ. މިމެޗު ފަށާނީ މިރޭ ރާއްޖެގަޑިން ދަންވަރު 01:00 ގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder