logo
Bank of Maldives

Bank of Maldives

ޚަބަރު

ބިންވެރިޔާ ސްކީމުގެ ތަޙުޤީޤަށް ފުލުހުންނާއި އޭސީސީ އެއްމޭޒަކަށް

އަޙްމަދު ޒަލީފް
19 ޑިސެމްބަރު 2024 - 11:42
ބިންވެރިޔާ ސްކީމުގެ ތަޙުޤީޤަށް ފުލުހުންނާއި އޭސީސީ އެއްމޭޒަކަށް

ސަރުކާރުން ކުރިއަށްގެންދާ، ބިންވެރިޔާ ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިބައްދަލުވުމުގައި "ބިންވެރިޔާ" ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ތަހުގީގުކުރައްވަމުންދަނީ ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މިއީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފެށި ތަހުގީގެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

GfJuEvRbwAADP3Q.jpg

--

މި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފްވެސް ވަނީ ފުލުހުންނާއި އޭސީސީއަށް އަމުރުކުރައްވާފައެވެ. މިގޮތަށް އަމުރުކުރެއްވީ މިއީ އާންމުންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ސަރުކާރުން ނުދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ސަރުކާރުން ނުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކުން ސާފުވާކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ޤައުމަށް އުޖާލާ މުސްތަޤުބަލެއް ގެނެވޭނީ ކޮރަޕްޝަން ނައްތާލައިގެން ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ރައީސް އަޅުއްވަމުންގެންދަވާ ކޮންމެ ފިޔަވަޅަކަށް ފުރިހަމައަށް ތާއިދުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގޯތީގެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓަރ ޖެނެރަލް ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ އަންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީއާ ހަވާލުވާން ފަހު ފުރުސަތުޚަބަރު | 10 މިނިޓު ކުރިންސިނގިރޭޓުގެ ބޮޑު ވައްކަމުގެ ހީލަތްތެރި ''ޕްލޭން'' ހާމަކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންމާލޭ ގެއެއްގެ ހަވަނަ ބުރިން ވެއްޓުނު މީހަކު ނިޔާވެއްޖެޚަބަރު | 16 ގަޑިއިރު ކުރިން355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދަކުން ނޫން: ފުލުހުންޚަބަރު | ދުވަހެއް ކުރިން