logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ސަރުކާރުން ހެދި 9 ސެޓަލެމްންޓް އެއްބަސްވުމެއް އުވާލަން ނިންމައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
19 ޑިސެމްބަރު 2024 - 17:35
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އަދި ކެބިނެޓު މެންބަރުން -- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އަދި ކެބިނެޓު މެންބަރުން -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ސަރުކާރުން ހެދި 9 ސެޓަލެމްންޓް އެއްބަސްވުމެއް އުވާލުމަށް އެޓާނީ ޖެނެރަލް، (އޭޖީ) އިން ނިންމައިފިއެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާ ގުޅޭ ގޮތުން މިރޭ އޭޖީގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ 9 ސެޓަލްމެންޓް އެއްބަސްވުމަކީ ބާތިލް އެއްބަސްވުންތަކެއް ކަމަށާއި، އެ އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ނިންމައި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އޭޖީ އަންގަވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އުސޫލުގެ ދަށުން އުފެދިފައިވާ އެއްބަސްވުންތައް އުވާލުމަށް އޭޖީން ނިންމީ، އެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށް ފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެންނަ ކަމަށް ނިންމާފައިވާތީކަމަށް އެ ބަޔާނުގައި ބުނެއެވެ.

އެހެން ކަމުން އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، އެ ކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށާއި އެކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމަވައި، މަޖިލީހުން އޭޖީގެ އޮފީހަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ އުސޫލުގެ ދަށުން ހުރި މައްސަލަތައް އެ އޮފީހުން ދިރާސާކުރިއިރު، އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި، ތަޢައްޞުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ވެންޓިލޭޓަރު ޚިޔާނާތް: ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓުގެ އަމުރެއްޚަބަރު | 9 ދުވަސް ކުރިން ފުލުހުންގެ ވާޖިބައް ހުރަސްއެޅި މީހެއްގެ ދިފާއުގަ ރައީސަކު ނިކުތުމުން ފާޑުކިޔުން އަމާޒު ވެއްޖެޚަބަރު | މަހެއް ކުރިންއައިސީޖޭގައި ފަލަސްތީނުގެ ހައްގު ރައީސް މުޢިއްޒުގެ ސަރުކާރުން ވަކާލާތުކޮށްފިޚަބަރު | 6 މަސް ކުރިން ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފިޚަބަރު | 8 މަސް ކުރިން