logo
MPL

MPL

ކުޅިވަރު

ޔުއޭފާ ކޮންފަރެންސް ލީގު: 'ތިންވަނަ ޑިވިޝަނުގެ ބޮޑުމަސް' ޗެލްސީ އުޅެނީ އިރާފައި

އަބްދުﷲ ޣާނިމް
20 ޑިސެމްބަރު 2024 - 07:47
ރޭގެ މެޗުގައި ހެޓްރިކް ހެދި ގިއު. ފޮޓޯ: ފަބްރީޒިއޯ
ރޭގެ މެޗުގައި ހެޓްރިކް ހެދި ގިއު. ފޮޓޯ: ފަބްރީޒިއޯ

ޔޫރަޕުގެ ތިން ވަނަ ޑިވިޝަނުގައި ޗެލްސީގެ ބެންޗު ކުޅުންތެރިން އަރައި ހެޓްރިކް ހަދަން ފަށައިފިއެވެ. ރޭގައި ކޮންފަރެންސް ލީގުގައި އަޔަރލެންޑުގެ ޝަމްރޮކް ރޯވާސް ކޮޅަށް ޗެލްސީގެ ފުރަތަމަ 11 އިން ޖާގަ ނުލިބޭ މާކް ގިއު ވަނީ ކުޅެންއަރައި ހެޓްރިކް ހަދާފައެވެ. ރޭގެ މެޗުން ޗެލްސީ މޮޅުވީ 5-1 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ހުރިހާމެޗަކުން މޮޅުވި ހަމައެކަނި ޗެލްސީވަނީ މިހާތަނަށް ކުޅުނު 6 މެޗުން 26 ގޯލުޖަހައި 18 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ.

 

ރޭގެ މެޗުގައި ޗެލްސީގެ މާކް ގިއު ހެޓްރިކް ހެދިއިރު، ޑޫވްސްބުރީ ހޯލް އާއި މާކް ކުކުރެލާ ވަނީ ގޯލެއް ޖަހާފައެވެ. ޝަމްރޮކް ރޯވާސް ގޯލުޖަހައިދިނީ ޕޫމް އެވެ.

 

މި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް 'ބޮޑު މަސް' ޗެލްސީގެ ސްކޮޑުގެ ކުޅުންތެރިންގެ އަގު އެއްކޮށްލުމުން 1.4 ބިލިޔަން ޑޮލަރަށް އަރައެވެ. މިއީ މި މުބާރާތުގެ ބާކީއޮތް 35 ޓީމުގެ ހުރިހާ ކުޅުންތެރިން ގެ އަގު އެއްކޮށްލުމުން އެއާ އެއްވަރުގެ އަގެކެވެ.

 

ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގައި އެންޒޯ މަރެސްކާ ހަވާލުވިފަހުން އެޓީމުވަނީ ކުޅުން ރަނގަޅުކޮށް މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން ޗެލްސީ މިވަގުތު އޮތީ އިނގިރޭސީ ލީގުގައިވެސް ތާވަލުގެ ދެވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 7 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 9 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 14 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިން