logo
Bank of Maldives

Bank of Maldives

ޚަބަރު

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްޚުލްވެއްޖެ

އާމިނަތު ޝަފާ
20 ޑިސެމްބަރު 2024 - 10:53
ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް
ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް

ގާނޫނު އަސާސީއަށް ގެނައި އިސްތިލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާއިރު އެ މައްސަލައިގެ ތެރެއަށް ޑިމޮކްރެޓްސްއިން ތަދައްޚުލްވެއްޖެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީ ހިލާފު އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށްވާތީކަމަށެވެ.

މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އޭރު އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފައެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

އެމްޑީޕީންވެސް ޑިމޮކްރެޓްސް އިންވެސް ބުނީ އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލް ވާން އެ ޕާޓީން ނިންމީ، ގާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުވާ މެމްބަރުން ހިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ނިގުޅިގެންދާ ގޮތަށް ކަމަށްވާތީކަމަށެވެ.

ސްލާހުގެ ސަބަބުން، ސީދާ ގާނޫނުއަސާސީއިން މަޖިލީހުގެ މެމްބަރުންނަށް ކަށަވަރުކޮށްދީފައިވާ އިމްތިޔާޒުތައް ނިގުޅައިގަނެ، އިންތިހާބީ މި މަގާމުތަކުގެ ދެމިއޮތުމާއި ނެތުން ސިޔާސީ ޕާޓީއެއްގެ އައްޔަނުކުރެވޭ ފިޔަވަޅު އަޅާ ކޮމިޓީއެއްގެ ބާރުގެ ދަށަށް ގެނެވިގެންދާނެކަމަށާއި ތިން ބާރު ވަކިވެފައިވާ މުޅި ނިޒާމު ހުއްޓުމަކަށް އައިސް، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނަގއިދާނެކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުތައް ގެންނަން ހުސަހެޅުއްވި ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | 3 މަސް ކުރިންކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނަން - ފަލާޙް ޚަބަރު | 3 މަސް ކުރިންނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 3 މަސް ކުރިންކެޔޮގަނޑުގެ ފޫވައް ވައްޓާނުލެވި، އުނބަށް ޖެއްސެވީތޯ؟ރިޕޯޓް | 5 މަސް ކުރިން