logo
MPL

MPL

ޚަބަރު

ވިއްސާރައާއެކު މުޅި މާލެ ފެނު އަޑީގައި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
21 ޑިސެމްބަރު 2024 - 03:02
 މާލެ އަށް މީގެ ކުރިން ކުރި ވިއްސާރައިގައި އަމީނީ މަގުގައި ވަރަށް ބޮޑަށް ފެންހެދިފައި -- ފޮޓޯ: މިހާރު
މާލެ އަށް މީގެ ކުރިން ކުރި ވިއްސާރައިގައި އަމީނީ މަގުގައި ވަރަށް ބޮޑަށް ފެންހެދިފައި -- ފޮޓޯ: މިހާރު

ރޭ ދަންވަރު ވެހެންފެށި ވާރޭއާއެކު މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

ރޭ ދަންވަރު ވެހެން ފެށި ވާރޭ، މިއަދު ހެނދުނު 7 ޖެހުމާ ހަމައަށް ވެސް ހުއްޓާލާފައެއް ނުވެއެވެ. އެއާއެކު މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ފާހަގަކުރެވެނީ އަމީނީ މަގުގައެވެ. އެގޮތުން މުޅި އަމީނީ މަގުގައި ވެސް ވަރަށް ބޮޑަށް ފެން ހެދިފައިވާއިރު، އަމީނީ މަގާ ގުޅޭ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މާލެއަށް ރެއިއްސުރެ ވަރަށް ބޯކޮށް ވާރޭ ވެހޭއިރު، މެޓް އޮފީހުން ވަނީ މިއަދު ފަތިހު 04:45 އިން ފެށިގެން މިއަދު ހެނދުނުގެ 08:45ގެ ނިޔަލަށް މާލެ ހިމެނޭހެން، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓުން މީގެ ކުރިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ވަކިން ޚާއްސަކޮށް، ހަފުތާ ބަންދުގެ ދެ ދުވަހުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވާއިރު، މޫސުން ގޯސްވަނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ، އުފެދޭ ކޮޅިގަނޑެއްގެ ސަބަބުންނެވެ.

އެއާއެކު، ޚާއްސަކޮށް މި ދެ ދުވަހު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން:

Hafthaa Bandhuga Moosun Goas Vaane FacebookViberTelegramXWhatsApp

Hafthaa Bandhuga Moosun Goas Vaane FacebookViberTelegramXWhatsApp

 

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަރްނަބް ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް: މެޓްޚަބަރު | 10 ދުވަސް ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 13 ދުވަސް ކުރިންކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެޚަބަރު | 13 ދުވަސް ކުރިންކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު: ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އިތުރަށް ގޯސްވާނެ!ޚަބަރު | 15 ދުވަސް ކުރިން