logo
Bank of Maldives

Bank of Maldives

ޚަބަރު

ވާރެއާއެކު ގެތަކަށް ފެން ވަންނާތީ އެމްއެންޑީއެފްއިން ވެލިބަސްތާ ޖަހަނީ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
21 ޑިސެމްބަރު 2024 - 04:30
މާލޭ މަގުމަތީގައި ސިފައިން ހަރަކާތްތެރިވަމުން އަންނަތަން
މާލޭ މަގުމަތީގައި ސިފައިން ހަރަކާތްތެރިވަމުން އަންނަތަން

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭބިސީތަކަށް ފެންވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި.

ރޭ ދަންވަރު ވެހެން ފެށި ވާރޭ، މިއަދު ހެނދުނު 7 ޖެހުމާ ހަމައަށް ވެސް ހުއްޓާލާފައެއް ނުވެއެވެ. އެއާއެކު ވަކިން ޚާއްސަކޮށް އަމީނީ މަގު ހިމެނޭހެން، މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމުގެ ސަބަބުން މުޅި މާލެ ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފް އިން އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަނަނީ މާލޭގެ މާފަންނު ސަރަޙައްދުގައެވެ. އެގޮތުން އެމްއެންޑީއެފްއިން މާލޭގެ މާފަންނުގައި ހުންނަ އެކި ފިހާރަތަކާއި ގޭތަކުގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މާލެއަށް ރެއިއްސުރެ ވަރަށް ބޯކޮށް ވާރޭ ވެހޭއިރު، މެޓް އޮފީހުން ވަނީ މިއަދު ފަތިހު 04:45 އިން ފެށިގެން މިއަދު ހެނދުނުގެ 08:45ގެ ނިޔަލަށް މާލެ ހިމެނޭހެން، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓުން މީގެ ކުރިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ވަކިން ޚާއްސަކޮށް، ހަފުތާ ބަންދުގެ ދެ ދުވަހުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވާއިރު، މޫސުން ގޯސްވަނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ، އުފެދޭ ކޮޅިގަނޑެއްގެ ސަބަބުންނެވެ.

އެއާއެކު، ޚާއްސަކޮށް މި ދެ ދުވަހު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން:

Vissaaraa eku Mulhi Male' Fenu AdeegaiFacebookViberTelegramXWhatsApp

Vissaaraa eku Mulhi Male' Fenu AdeegaiFacebookViberTelegramXWhatsApp

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭންޑިން ކްރާފްޓް ހާދިސާ: ފަރުވާ ދެމުން އަންނަ ދިވެއްސެއްގެ ހާލު ސީރިއަސްޚަބަރު | 3 ދުވަސް ކުރިންލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާ މަރުވެއްޖެޚަބަރު | 3 ދުވަސް ކުރިންލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެޚަބަރު | 3 ދުވަސް ކުރިންޝަހީދުންގެ ބިނާކައިރީ މިރޭ ބްލޭންކް ވަޒަން ޖަހާތީ އެކަމަށް ސަމާލުވާން އެދިއްޖެޚަބަރު | 4 ދުވަސް ކުރިން