logo
MPL

MPL

ޚަބަރު

އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ހަދަން އެމްއެމްއޭ އިން ނިންމައިފި

ސުދާ ލަތީފް
21 ޑިސެމްބަރު 2024 - 10:07
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް (އައިޑީއޭސީ) ހަދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އައިޑީއޭސީ ސެންޓަރެއް ހެދުމާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އަންނަ އަންްގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް ކުރުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.

އައިޑީއޭސީގެ މައިގަނޑު މަގުސަދަކީ ޝަރީއާ ހުއްދަކުރާ އުސޫލާ އެއްގޮތަށް ރާއްޖޭގެ މާލީ ދާއިރާ ބައްޓަން ކުރަން މަސައްކަތް ކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުގައި އިސްލާމިކް ފިންޓެކް ކުރިއަރުވައި ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ކުރިއަރުުވަން މަސައްކަތް ކުރުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިވިޔަފާރި | 17 ދުވަސް ކުރިންބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފިވިޔަފާރި | 22 ދުވަސް ކުރިންބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފިޚަބަރު | 23 ދުވަސް ކުރިންއެމްއެމްއޭ ފިންލިޓް ފެސްޓިވަލްގެ އާޓް މުބާރާތުގައި ބައިވެރވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން