logo
MPL

MPL

ޚަބަރު

އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

ސުދާ ލަތީފް
21 ޑިސެމްބަރު 2024 - 10:55
ހއ. އިހަވަންދޫ
ހއ. އިހަވަންދޫ

ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި އެ ރަށު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހީމް އެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙުމަދު ސަބާހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ވަޖީހު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު މި ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކުގެ ފަރާތުން ޓެކްނިކަލް އެކިއެކި ކަންކަމަށް ރިކުއެސްޓް ލިބޭ ކަމަށާއި މި ޑޮކްޔާޑުން އެ އުޅަނދުތަކަށް ޓެކްނިކަލް ސަޕޯޓް ލިބިގެންދާނެކަމަށެވެ.

މި ޑޮކްޔާޑުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށިގެންދާނެ ކަމަށާއި، ޑޮކްޔާޑު ހެދުމަށް އިހްވަންދޫއިން އެއްލައްކަ އަކަފޫޓުގެ މިހާރު ބިން ހިއްކާ ސަރަހައްދުން ދީފައިވާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރު މި ޑޮކްޔާޑުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާއިރު، މިހާރު ވަނީ ބިން ވެސް ހަމަޖެހިފައެވެ. ވަޖީހު ވިދާޅުވީ، މި ޑޮކްޔާޑުން މަސްވެރިންނަށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ މަސްވެރި އުޅަނދުތަކުން އެދެމުންދާ ކަމަށެވެ.

އެކުންފުނިން ބުނީ މި ޑޮކްޔާޑުގެ މަސައްކަތް ނިމި 6 މަސްދުވަހުގެ ތެރޭގައި ޚިދުމަތްދޭން ފެށޭނެކަމަށެވެ.

އެމްޕީއެލް އިން އިހަވަންދޫގައި ޑޮކްޔާޑެއް ހަދަން އެެއްްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ޚިދުމަތް ކުޅުދުއްފުށީގައި ވެސް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއް ހަފުތާ ތެރޭގައި 65,000 އަށްވުރެ ގިނަ ޕެރިޝަބަލް މުދާ އެމް.ޕީ.އެލް އިން ކްލިއަރ ކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 8 ދުވަސް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 8 ދުވަސް ކުރިންއެމްޕީއެލްއިން މިދިޔަ ހަފުތާ އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވޭވިޔަފާރި | 2 މަސް ކުރިން