logo
Bank of Maldives

Bank of Maldives

ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: އަލިފުށި ބަލިކުރުމަށްފަހު ފައިނަލުގެ ފަހުޖާގަ އައްޑޫ ސިޓީއަށް

އަބްދުﷲ ޣާނިމް
22 ޑިސެމްބަރު 2024 - 03:36
މެޗުގެ މޮޅުކުޅުންތެރިޔާ ބޮންޑާ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މެޗުގެ މޮޅުކުޅުންތެރިޔާ ބޮންޑާ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގޯލްޑް ކަޕްގައި އަލިފުށި ބަލިކުރުމަށްފަހު ފައިނަލުގެ ފަހު ޖާގަ އައްޑޫ ސިޓީއިން ހޯދައިފިއެވެ. މިމެޗު އައްޑޫ ސިޓީ ކާމިޔާބުކުރީ 2-0 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ގްރޫޕް ސްޓޭޖުގައި އެންމެ މެޗަކުން މޮޅުވި އައްޑޫ ސިޓީ އަކީ މި މުބާރަތުގެ މެޗަކުން ބަލިނުވާ ހަމައެކަނި ޓީމެވެ. ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

 

މެޗުގައި އައްޑޫއިން ތަފާފު ދެއްކީ ދެވަނަ ހާފުގައެވެ. އެގޮތުން އައްޑޫ ސިޓީގެ ފުރަތަމަ ގޯލަކީ އިސްމާޢީލް އީސަ މެޗުގެ 42 ވަނަ މިނެޓުގައި ނެގި ކޯނަރަކުން ތަޖުރިބާކާރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ބޮލުންޖެހި ގޯލަކުންނެވެ. މެޗުގެ ދެވަނަ ގޯލުޖެހުމުގައިވެސް އައްޑޫގެ ކެޕްޓަން ބޮންޑާގެ ހިއްސާ ބޮޑެވެ. އެގޮތުން ބޮންޑާ ނެގިހުރިހަކުން އިސްމާޢީލް އިސަ ގޯލުކުރިމައްޗަށް ތަނަވަސްކޮށްދިން ފުރުސަތެއްގައި އައްޑޫގެ ދެވަނަ ގޯލުކާމިޔާބު ކޮށްދިނީ އިބްރާހިމް މަހުދީ ހަސަންއެވެ.

 

ރިޓަޔަރ ކުރުމަށްފަހު ކުޅުމަށް އެނބުރި އައި އުމުރުން 42 އަހަރުގެ ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ މެޗުގައި މޮޅުކުޅުމެއް ދައްކާ މެޗުގެ މޮޅުކުޅުންތެތިޔާގެ މަޤާމުހޯދާފައެވެ.

 

މި މުބާރާތުގެ ސެމީއަށް އައްޑޫ ސިޓީ ދަތުރުކުރީ ކުއާޓަރ ފައިނަލުގައި މާފުށި 3-0 އިން ބަލިކޮށްގެންނެވެ. އަދި ސެމީގެ ޖާގަ އަލިފުށިން ކަށްވަރުކުރީ ކުއާޓަރ ފައިނަލުގައި މެޗު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ފުވައްމުލަށް ބަލިކޮށްގެންނެވެ.

 

މި މުބާރާތުގެ ފައިނަލު މެޗުގައި މި ދެޓީމު ނިކުންނާނީ އަންގާރަދުވަހުގެ ރޭގަނޑުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 10 ދުވަސް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 3 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 9 މަސް ކުރިން