logo
Bank of Maldives

Bank of Maldives

ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: މުބާރާތުގެ ފައިނަލް މެޗުގެ ޓިކެޓުތައް ވިކި ހުސްވަނީ

އަބްދުﷲ ޣާނިމް
23 ޑިސެމްބަރު 2024 - 13:11
ޓިކެޓްގަންނަން ސަޕޯޓަރުން ކިޔޫގައި. ފޮޓޯ: ސިޑިބަރި
ޓިކެޓްގަންނަން ސަޕޯޓަރުން ކިޔޫގައި. ފޮޓޯ: ސިޑިބަރި

ގޯލްޑް ކަޕްގެ ފައިނަލު މެޗުގައި މާދަމާރޭ އައްޑޫ ސިޓީއާއި އޭދަފުށި ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށައިފިއެވެ. އެގޮތުން މާދަމާ ރޭގައި ކުޅޭ މެޗަށް މިއަދު ޓިކެޓް ވިއްކާ ގަލޮޅު ދަނޑު ކައިރީގަ އެއްގަޑިއިރަށްވުރެ ކުރިން ސަޕޯޓަރުން ވަނީ ކިޔޫހަދާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ފައިނަލް މެޗަށް ކޮންމެ ޓީމަކަށް ހާއްސަކޮށް 600 ޓިކެޓު ވިއްކަން ހަމަޖެހިފައިވާއިރު، އައްޑޫގެ ޓީމަށް ހާއްސަކޮށްފައިވާ ޓިކެޓުތައް، އެންމެ 20 މިނެޓުތެރޭގައި ވަނީ ވިކި ހުސްވެފައެވެ.

 

މުބާރާތުގެ ޓިކެޓުތަކުގެ އަގަކީ ސިޑިބަރިން 30 ރުފިޔާ އަދި ގޮނޑިބަރިން 50 ރުފިޔާއެވެ. އެގޮތުން މީހަކަށް ވިއްކާނީ ގިނަވެގެން 5 ޓިކެޓެވެ.

 

މިމުބާރާތަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ އަދި އެކުޅިވަރަށް އެންމެ މަރުދޭ ކުޅިވަރު ފުޓްބޯޅައިގެ ނިމެމުންދާ ހުޅުކޮޅުގައި އަލުން ދިރުވުމެއް ގެނައުމަށް ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެ 'އަލުން ދަނޑަށް' ޝިޔާރުގެ ދަޢުން 90 ޕްލަސް އާއި ސްޕޯރޓްސް މިނިސްޓްރީއިން އިންތިޒާމް ކުރާ މުބާރާތެކެވެ.

 

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 100،000 ރުފިޔާ އާއި ރަނަރަފް ޓީމަށް 50،000 ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 9 ދުވަސް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 3 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 9 މަސް ކުރިން